އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި ތަހުގީގުގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިނގަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ސުޕަވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ އިދާރާއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ރައީސް ސޯލިހު އުފައްދަވާ ފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެންނެވެ.

ދާދިފަހުން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭސީސީން ބުނެފައި ވަނީ ލޮކްޑައުންގެ ސަބަބުން އެމްއެމްޕީއާރްސީ މައްސަލައަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހުކުމް އައީ ކުރީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އަދި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އެ މައްސަލާގައި އެ ދެ ބޭފުޅުންވެސް ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ. ނަމަވެސް ކުރިން ކޮށްފައިވާ ދައުވާތައް ބާތިލްކޮށް އާ ދައުވާތަކެއް މިހާރު ވަނީ ކޮށްފައެވެ.