ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އަލަށް ހެދި އެންޓިބޯޑީ ޓެސްޓެއް 100 ޕަސެންޓް އެކިއުރޭޓް ކަމަށް، ޕަބްލިކް ހެލްތް އިންގްލަންޑް (ޕީއެޗްއީ) އިން ހާމަކޮށްފިއެވެ.

ޕީއެޗްއީއިން ބުނީ، ސުވިޓްޒަލަންޑްގެ ފާމަސޫޓިކަލް ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ އާ އެންޓިބޮޑީ ލޭގެ ޓޭސްޓެއްގެ މިނިވަން އިވެލުއޭޝަންއެއް، ޕޯޓަން ޑައުން ފެސިލިޓީގައި ސައެންސްގެ ތަޖުރިބާކާރުން ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.

މި ތަހުލީލަށް ފަހު އެނގުނު ގޮތުގައި، ސެރޯލޮޖީ (ލޭގެ) ޓެސްޓުން 100 ޕަސެންޓް އެކިއުރޭޓް ނަތީޖާއެއް ނެރެވޭކަމަށް ޕީއެޗްއީއިން ބުނެއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމާއަށް ލިބުނު ބޮޑު ކާމީޔާބީއެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

މި ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓްއަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާއިން ބުނީ ސައްހަކަން ނުގެއްލޭ ގޮތަށް މިކަންކަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގޮސް، އެންޓިބޮޑީއަށް ޓޭސްޓު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.