އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 1:20 އެހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ރޭ ހިނގި އެހާދިސާގެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވަމުން ދެއެވެ. އަދި އެކަމުގައި ޝާމިލްވާ ފަރާތުގެ ފޮޓޯވެސް ދަނީ ދައުރު ކުރަމުންނެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ އާންމު މައްސަލަތަކެއް ކަމަށް ވިޔަސް މިއީ މި ރޯދަމަހު ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.