އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގެ މުވައްޒަފަކު ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވުމުން އެ ފެރީ ޓާމިނަލް ޑިސްއިންފެކްޓު ކޮށްފިއެވެ.

އެމްޓީސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްއާ ވިލިމިލޭގައި ހުންނަ ފެރީ ޓާމިނަލްއާ ފެރީތައް މިއަދު ޑިސްއިންފެންކްޓު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާއިން ފެށިގެން ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރި ހަތް މުވައްޒަފުން ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ. އަދި އަމާޒަކީ ފްރަންޓުލައިންގައި މަސައްކަތް ކުރަމުން ދިޔަ މަސައްކަތްތެރިން ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު އަލުން އެ ޓާމިނަލްގެ އޮޕަރޭޝަންތައް ފެށުން ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 44 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 38 ބަންގްލަދޭޝް މީހުންނާއި 8 ދިވެއްސަކާއި ދެ އިންޑިއާ މީހެކެވެ.