އިރުއަރަމުން އައި ވަގުތެވެ. އަހަރެން ހުރީ ރަށުގެ އިރުމަތީ ފަރާތު ގޮނޑު ދޮށަށް ގޮސް އިރުއަރާ މަންޒަރު ބަލާލުމަށެވެ. ނަމަވެސް އަރަމުން އައި އިރައް ވުރެ ހަލުވި ކަމާއެކު އަރަމުން ދިޔައީ ބޯވިލާގަނޑެކެވެ. ހިދުކޮޅެއްގެ ތެރޭގައި މުޅި އުނޑުމަތި އެކީ ކަޅު ކޮއްލީ ބަލަބަލައި ހުއްޓަޔެވެ. އަހަރެނަށް މި މަންޒަރު ވެގެން ދިޔައީ ވަރަށް އަސަރުގަދަ ފުން މާނައެއް އެކުލެވިގެން ވި މަންޒަރަކަށެވެ. ހަޔާތަކީ ވެސް ބަނަކަމާއި އަދިރިކަންވާ އެއްޗެކެވެ. އަހަރެން ހުރީ މިމަންޒަރައް ފުންކޮށް ވިސްނާށެވެ. ކުއްލިއަކައް އަހަރެންގެ އަތުގައި ހިފައި ގެން މީހަކު ދުއްވައިގަތެވެ. އަހަރެން އޭނައާ ދިމާއަށް ބަލައިލި އިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާއިދް އެވެ. އެނާ އަހަރެން ގޮވައިގެން ގޮސް ވަނީ ގޮނޑުދޮށާ ކައިރީގައި ހުރި ހޮޅުވައްޓަކަށެވެ. އަދި ބުންޏެވެ. "ކޭ މޮޔަތަ ވާރޭ ތިއޮށް އޮއްސާލަނީ". މިހެން ބުނިތަނާ ހެން ވާރޭ ވެހެން ފެށިއެވެ. އަހަރެންގެ ކައިރީ ގައި އެހިއެވެ. އަފްޒަލް އަދިވެސް އަންހެނުން ކަންތަކާ ވިސްނަނީތަ؟. އަހަރެން ބޯޖަހައި ލީމެވެ. އަދި އަހަރެން އަހަރެންގެ ހަޔާތުގެ ކަންކަން ދިޔަގޮތް އަހަރެންގެ އެކުވެރިޔާއަށް ކިޔައި ދޭން ފެނީމެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައީ އަހަރެނަށް އިހުސާސެއް ނެތިއެވެ.
އެއީ މީގެ 2 އަހަރެށް ކުރިއެވެ. އަހަރެން މާލެ ފުރަތަމަ ފަހަރަށް ދިރިއުޅެން ބަދަލުވީމެވެ. އެކޮޅުގައި ވަޒީފާ އަދާކުރާކަށް ނޫނެވެ. އަހަރެން މާލެ ދިޔައީ އަހަރެންގެ ހަޔާތް ބާއްޖަވެރި ކުރުމައްޓަކައި ކިޔަވާށެވެ. އަދި އަހަރެންގެ މަންމަ އާއި ބައްޕަގެ ފަޤީރުކަން ދުރުކުރުމަށާއި އަހަރެންގެ އަގު ވަޒަން ކުރާނެ ވަރު މީހަކަށް ވުމަށެވެ. ނަމަވެސް އަހަރެން މާލެ އައި މަޤްސަދު ގެލިގެން ދިޔައީ އަހަރެންނާ ދިމާވި އަހަރެންގެ ހިތް އަތުލި ރާނީ ފެނުނު ހިސާބުންނެވެ. އެ ލޯބި ފަރި ކަމަނާ ދިމާވުމަށް ފަހުގައި އަހަރެންގެ މުޅި ދިރިއުޅުމުގެ މަޤްސަދު ބަދަލުވެގެން ދިޔައީ އެރާނީގެ އުފާތަށް ހާސިލު ކޮށްދިނުމަނެވެ. އަހަރެން ހުރިހާ ވަގުތެށް ހުސްކޮށްލީ އެނައާއެކު ހޭދަކުރުމަށެވެ. އެންމެ ފަހުން ކައިވެންޏަކާ ހަމަޔަށް ދެވުނެވެ. ކައިވެނި ކަންކަން ވެސް އަވަހަށް ކޮށްލުމަށް ފަހު އަހަރެންގެ ޒަވާޖީ ހަޔާތް ފެށީ އަތުގައި ލޯ ލާރިއެއްވެސް ނެތިއެވެ. އަދި ކިޔެއްހެއްޔެވެ. އެ ކުލި ބޮޑު މާލެއިން 1 ކޮޓަރީގެ ތަނެއްވެސް ހިފީ ކުރިއަށް ވިސްނާލުމެއް ނެތިއެވެ. އެއްމެ ފަހުން އަހަރެންގެ އެ ލޯބި ރާނީ ފޮރުވައިގެން އުޅެފައި އެ ރާނީ ވަޒިފާއަށް ފޮނުވަން ޖެހިއްޖެއެވެ. އެއީ އަހަރެންނަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީއެވެ. އަދި މިވަރަކުން ވެސް ސަލާމަށް ވާގޮތެއް ނުވިއެވެ. އެފަގީރު މައިންބަފައިން އަތުންވެސް ލާރިގެންނަން ފެށީ އެދެމީހުނަށް ވެސް ކެތްވާ ވަރަކަށް ނޫނެވެ. މިވަރުން ނިމުނީއެއް ނޫނެވެ. އަހަރެން މައިބފައިންނާއި ރީތިކޮން އަގައިންވެސް ބުނެނުލަމެވެ. ދުވަސްތައް މިގޮތަށް ވޭތުކުރަމުން އަހަރެން ދިޔައީމެވެ. އަހަރެން އެ ރާނީ ކައިރީގައި މިގޮތަށް އުޅެވެން ނެތްކަމަށް ބުނީ މެވެ. އަދި އަހަރެންގެ އާއިލާ ކަރިޔަށް ރަށަށް ދިޔުމަށް އެދުނީމެވެ. ނަމަވެސް އެކަމަށް އިންކާރު ކުރިއެވެ.
އޭގެ ދުވަސް ކޮޅެއް ފަހެވެ. އަހަރެން ވަޒިފާއިން ކުރިން ނިމުނު ދުވަހެއް ކަމުން އަވަހަށް ގެއަށް އައިސް ނިދާލެވޭ ތޯ އުޅެނިކޮން ރާނީ ގުޅިއެވެ. އަދި ވަޒީފައިގައި އުޅޭ ތަނުން ބަޔަކު އޭނާއާއި ބެހުނު ކަމަށް ބުންޏެވެ. އަހަރެން އައި ރުޅިން ސައިކަލަށް އަރައިގެން އެ ފިރިހެން މީހާ ހޯދުމަށް ނިކުތީމެވެ. ނަމަވެސް އަތުޖެހޭގޮތެށް ނުވިއެވެ. އަހަރެންގެ ރާނީގެ އެދުމުގެ މަތިން އަހަރެން އޭނައަށް ކަމެއް ނުކުރާން ނިންމީމެވެ. ޕޮލިހުގައިވެސް މައްސަލަ ޖެއްސީމެވެ. އެކަމަކުވެސް އެއްވެސް ކަމެއް ވާގޮތް ނުވީ ހެކި ނެތުމުންނެވެ. ރާނީ ވަޒީފާ އަދާކުރާ ތަނުން އޭނާ ވަޒީފައިން ވަކިކުރިއެވެ.
އެއް ދުވަހެއްގެ ހަވީރެވެ. އަހަރެން ރާނީ ބަލައި އެނާގެ އޮފީހަށް ދިޔައީ އޭނާ އުފާކޮށްލުމަށެވެ. ވަގުތު ނުވާތީވެ އަހަރެންނަށް ބަލައި ވަރަށް ނާދެވެއެވެ. މިކަންކަން މިހެން ހުރުމުން އަހަރެންވެސް ވަގުތު ދިނުމުގެ ގޮތުން ބަލައި ދިޔަ އީމެވެ. ނަމަވެސް އަހަރެންގެ މުލި ހިނިތުން ވުމަށް ހުއްޓުން ގެނުވީ ރާނީގެ އޮފީސްގައި ރާނީ ފިރިހެނުންނާއެކު އުޅޭގޮށް ފެނުމުންނެވެ. ފިރިހެނުންނާ އެކުވެސް މަޖާކޮށް ހެދޭނެ ގޮތް ވެސް ހުރެއެވެ. ނަމަވެސް ރާނީއަށް ގަޔަށް އަތް ލެވޭ ކަމަށް ވަނީނަމަ ނުބައި ނަތީޖާއެށް ނިކުމެދާނެކަން އަހަރެންނަށް ވިސްނުނެވެ. އަދި ކުރިން ވަނީ އެފަދަ ކަމެއް ދިމާވެފައެވެ. ފިރިމީހާއަށް ވުމާއެކު ފުރަތަމަ ފަހަރަށް ރާނީ އާ ދިމާލަން ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނަން ނިއްމީމެވެ. ހިތަށް ކުރި އަސަރުން އަހަރެން ގެޔަށް ދިޔައީމެވެ. ރާނީ ވަޒިފާއިން ގެއަށް އައުމާއެކު އަހަރެން ބުނީމެވެ. އޮފީހުގައި ފިރިހެނުންނާ ގައިގޯޅި ކަމާ އެކު އުޅުން ހުޓާލުމަށެވެ. ވާހަކަދައްކައި މަޖާކުރަން ވެސް ވަކި މިންގަނޑެށް އޮންނަން ވާނެއެވެ. ނަމަވެސް ރާނީ އަހަރެންގެ ނަސޭހަތް ނެގީ މުޅިން އެހެން ގޮތަކަށެވެ. އަހަރެން އޭނައަށް އިތުބާރު ނުކުރާ ކަމަށް ބުނެ އަހަރެން ކައިރިން ވަރިއަށް އެދެން ފެށިއެވެ. އަދި އޭނާގެ މިނިވަންކަން ވަނީ އަހަރެން ނަގާލައިފައި ކަމަށް ބުނެ އޭނަ އަހަރެންނާ ދިމާލަށް ހަޅޭފަޅޭލަވަން ފެށިއެވެ.
ދުވަސްތަށް ވޭތުވަން ދިޔައީ ވަރަށް ވެސް ހިތްދަތިކޮށެވެ. އެދުވަހުގެ ފަހުން އަހަރެންނާ ރާނީ އަނގަޔަކުންވެސް ނުބުނެއެވެ. އަހަރެން މުޅިން އެކަނި ވެއްޖެއެވެ. އަހަރެން ވެސް މިކަން ކަމާ ހުރެ ގެއަށް ވަންނަހިތް މުޅިން ކެނޑި ނުބައި އެކުވެރިން ތަކާ އަޅުވާލީމެވެ. އަހަރެންނަށް އެމީހުންގެ ފާރާތުން ދިޔައީ އެތައް ފަސޭހައެއް، އެތަކެށް އުފަލެއް ލިބެމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ގެ އެތެރޭގައި ވާ ހިތަށް ކުޑަވެސް އަރާމެށް ނުލިބެއެވެ. އަހަރެން ޑުރަގުގެ އަވައިގައި ދެވިހިފީ ބަލަން ބަލާކަށެށް ނޫނެވެ. އަހަރެންގެ ކޮއްތަކަށް ބާރުގަދަ ވިހަތަށް ވެގެން ދިޔައީ ވަރަށް ފަސޭހަ ކަމާއެކުއެވެ. އަހަރެންނަށް އެއިން އަހަރެންގެ ހިތްދަތި ދިރުއުޅުމާ ދުރަށް ދެވެވޭތީއެވެ. އަހަރެން ގެއަށް ނަޔަސް އަޔަސް އެ ރާނީއަށް ހެވެ. އަހަރެންގެ މަންމަ އަހަރެންނަށް ގުޅާ ހަދައެވެ. ނަމަވެސް އަހަރެން ފޯނެއް ނުގަމެވެ. އަހަރެންނަށް ހަމަ ވާހަކަ ދަށްކާނެ ހިތްވަރެށް ނުހުނަންނަނީއެވެ. މި ގޮތަށް އަހަރެން އެމީހުނާއި އެކު އުޅެމުން ދާތާ މަހެއް ވާން ކާރިވެފައި ވަނިކޮށް އަހަރެން ބަލިވާން ފަށައިފިއެވެ. ހެނދުނާއި ހަވީރު ނޭފަތުންނާއި އަނގައިން ލޭ އަންނަން ފެށިއެވެ. އަހަރެން މިކަމާ ވެސް ވީ އުފަލެވެ. އަހަރެން މި ހިތްދަތި ދުނިޔެއާ އަލްވަދާއު ކިޔަން ކައިރިވާތީއެވެ.
ހުކުރު ދުވަހެއްގެ ރޭގަނޑު ގެ ވަގުތެވެ. އަހަރެންގެ އެކުވެރިންނާ އެކުގައި މަޖާކުރަމުން ދިޔާމެވެ. އަހަރެން މިހެން މަސްތުވަމުން ދަނިކޮން އަހަރެންގެ ކުރި މައްޗަށް ހުއްޓުނީ އަހަރެން ލިބުމުން އެތަށް ހުވަފެން ތަކެއް ދެކި އެތަކެށް ޤުރުބާނީއެއް ވި އަހަރެންގެ ބައްޕައެވެ. ބައްޕަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތަކުން ވަނީ ލައިގެން ހުރި ގަމީސް އެއްކޮން ކަހަލަ ގޮތަކަށް ތެންމާލައިފައެވެ. އަހަރެން ކޮޅަށް ތެދުވަން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މަސްތުވެފައި ހުރިލެށް ބޮޑުކަމުން އެކަން ކުރވޭގޮތެށް ނުވިއެވެ. އަހަރެންގެ ބައްޕަ އައީ އެކަންޏެއް ނޫނެވެ. ފުލުހުންވެސް ގޮވައިގެންނެވެ. އަހަރެންގެ އަތުގައި ބިޑި އަޅުވައިގެން އެމީހުންގެ ބޮޑު ކާރެއްގެ ތެރެއަށް ލިއެވެ. އަހަރެން އެކާރުގެ ތެރޭގައި އިންދައި އަހަރެންގެ އަނގައިން ލޭ އައިސްފައި އަހަރެން ހޭނެތުނެވެ.
އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ އިންޑިޔާގެ ބޮޑު ހޮސްޕިޓަލެއްގެ އަ.އި.ސީ.ޔޫ ގައެވެ. އަހަރެންގެ އެތަން މިތަނަށް ވަނީ އެކި ކަހަލަ މެޝިންތަކުގެ ކަށިތަށް ހަރާ ފުރާލައިފައެވެ. އަހަރެން ލޯ ހުޅުވާލުމުން އެތާހުރި ނަރުސް ކުއްޖާ ދުވެފައި ގޮސް ޑޮކުޓަރު ގެނައެވެ. އަހަރެންގެ ކައިރިއަށް ޑޮކުޓަރު ތިރިވެލުމަށް ފަހު ބުންޏެވެ. "6 މަސް ފަހުން ތި ލޯ ހުޅުވާލީ އަހަރެމެންވެސް އުންމީދު ކަޑާލައި ހިސާބުގައި ހުރީ އެހެންނަމެސް ﷲ އިރާދަފުޅުން ރަގަނޅުވީ" އެވެ. އަލުން ދުނިޔެއަށް ތި ހޭލެވެނީ އެވެ. އަހަރެން ޑޮކުޓަރުގެ ކައިރިން އަހަރެންނަށް ޖެހިފައި ވަނީ ކޮން ބައްޔެތް ތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. އަދި އަހަރެން ގާތުގައި އަހަރެންގެ މައިންބަފައިންނާ ބައްދަލު ކުރުވަން އުޅޭ ކަމަށް ބުންޏެވެ. އެއަށް ފަހު ހިނިތުން ވެލަމުން ބުންޏެވެ. "ވަރަށް މަދު މީހަކަށް މައިންބަފައިންގެ ލޯބި ލިބެނީ، އެކަން ޤަބޫލުކޮށް އެމީހުނަށް އަޅާލަން" ނަސޭހަށް ދިނެވެ. އަހަރެންނަށް އެއިރު ވާނީ ޑުރަގު ގެ މައްސަލައިގައި 3 އަހަރަށް ޖަލު ހުކުމެއް އައިސއްފައިކަން އަހަރެންގެ ބައްޕަ ވަނުމަށް ފަހު ބުންޏެވެ. އަދި އަހަރެން މުޅިން އެއްކޮން ރަގަނޅުވާން އަދި 3 މަސް ދުވަސް ނަގާނެ ކަމަށް ބުންނެވެ. އެހެންނަމަވެސް އަހަރެންގެ ފުރަތަމަ ސުވާލަކަށް ވީ އަހަރެންގެ ރާނީ ކޮބައިތޯ ބެލުމަށެވެ. އަހަރެންގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމާލުމަށް ފަހު ދިނީ އަހަރެންގެ ހިތްކުދިވެގެން ދާ ފަދަ ޖަވާބެކެވެ. އަހަރެންގެ ރާނީ އަހަރެން ކައިރިން ދުރުވާން ވަނީ ފޯމު ލައިފައި ކަމަށެވެ. އަހަރެން ރަގަނޅު ވެއްޖެނަމަ މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ.
3 މަސް ފަހެވެ. އަހަރެން މާލެ އައުމަށް ފަހުގައި ފުލުހުންގެ ބިޑީގެ ހިޔަލުގައި ފުރަތަމަވެސް ދާން ޖެހުނީ ރާނީއަށް ޖަވާބު އަރުވާށެވެ. އޭނާ ވަނީ ކޯޓުގައި އަހަރެން އޭނައަށް އަނިޔާ ކުރާކަމަށާއި މެންޓަލީ އެބިއުސް ކުރާކަމަށް ބުނުމުގެ އިތުރުން އަހަހަރެން ހަރަދު ނުކުރާ ކަމަށް ބުނެ ވަރިވާން އެދި ފައެވެ. އަހަރެން އޭނަ ބޭނުންވި މިނިވަންކަން ހޯދައި ދިނުމަށް ފަހު އޭނާގެ ހަނދާންތަށް ހިފައިގެން މުޅި އުމުރަށް ޖަލެއްގެ ތެރޭގައި ބަންދުވެލީމެވެ.
3 އަހަރު ވެގެން އަހަރެން ދޫކޮށްލުމަށް ފަހުގައި އަހަރެން ރަށަށް ގެނައީ ރޭގައެވެ. އާއިދު އަހަރެންގެ ވާހަކަތަށް އަޑުއެމަށް ފަހު ބުންޏެވެ. "ހުރިހާކަމެށް ވެސް ވާނީ ރަގަނޅަކަށް، އެފަރާތަށް އިތުބާރުކުރާށެވެ". އަހަރެން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން ބޯޖަހައިލީމެވެ. މިއީ އަހަރެންގެ ހަޔާތުގެ ބަނަ ދުވަސް ކޮޅުގެ ވާހަކައެވެ.