ދުނިޔޭޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަކީ އިމްތިހާނެއް ކަމަށާއި، މި އިމްތިހާން ހަދަން މި ޖެހުނީ ސްކޫލަށް ނުގޮސް ގޭގަތިބެއެވެ. އީޒާން އެދެނީ ﷲ ގެ ހަޒަރަތަށް ރުޖޫއަވެ ވީހާވެސް ގިނައިރު ގޭގައި ތިބުމަށެވެ. ގިނައިން ދުއާކޮށްފިނަމަ އިންޝާﷲ މި އިމްތިހާނުން ފާސްވެވޭނެ ކަމަށްވެސް އީޒާން ބުނެއެވެ.

ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ އީޒާން އަލީގެ މި މެސެޖުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. 4000 މީހުން މި ވީޑިއޯ ބަލާފައި ވާއިރު، 80 އަށްވުރެ ގިނަ މީހުން ވަނީ ފޭސްބުކްގައި ޝެއާ ކޮށްފައެވެ.

އީޒާންގެ މެސެޖަކީ މުހިންމު މެސެޖެކެވެ. ކުދިބޮޑު އެންމެންނާއި ހުރިހާ އުމުރުފުރާ އަކަށެވެ. އެ މެސެޖަކީ، މުޅި ދުނިޔެ ލޮކްޑައުންކޮށް، ގެއިން ބޭރަށް ނުނިކުތުމަށް ސިއްހީ މާހިރުން ގޮވާލަމުންދާ މި ދަނޑިވަޅުގައި ސިއްހީ މާހިރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބައްޓަން ކޮށްފިނަމަ މިބަލިން ޝިފާލިބުމަށް މަގުފަހިވާނެ ކަމުގެ މުހިންމު މެސެޖެކެވެ.

މުޅި ދުނިޔެ ލޮކްޑައުނެއްގައި އޮތްއިރު ގޭގައި ތިބެ، މިހާލަތުގައި ހަނދާން ބަހަށްޓަންވީ މިއީ އިމްތިހާނެއް ކަމާއި މި އިމްތިހާން ހަދަން މި ޖެހުނީ ސްކޫލަށް ނުގޮސް ގޭގައި ތިބެ ކަމަށް އީޒާން ކިޔައިދެއެވެ. ގަބޫލު ކުރަނީ މި އިމްތިހާނުން ފާސް ވެވޭނެ ކަމަށާއި މިއީ ފާސްވާން ފުރުސަތު ބޮޑު އިމްތިހާނެއް ކަމަށެވެ.

ކިތަންމެ ބޭނުން ނުވިޔަސް މި ބަލީގައި ކޮންމެ މީހަކުވެސް އުޅެން ޖެހިދާނެ ކަމަށާއި މިފަދަ ހިތާމަވެރި ދަނޑިވަޅު ތަކުގައި ކަންބޮޑުވުމާއި ދެރަވުމާއި ލޮލުން ކަރުނަވެސް އަންނާނެ ކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ވީއިރު، އެންމެންނަށްވެސް އޮތީ ކެއްތެރިވެ ހިތްވަރުކުރުން ކަމަށް އީޒާން ކިޔައިދެއެވެ. މި ބަލިން ސަލާމަތް ވުމަށް އުންމީދު ކަނޑާނުލުމަށާއި ހެއްދެވި ފަތާރަށް ދުއާ ދެންނެވުން ގިނަކޮށް ޑޮކްޓަރުންނާއި ނަރުހުން ބުނާ ގޮތަށް އަމަލުތަށް ބެހެއްޓުމަށް އިސްކަން ދިނުމަށް އީޒާން ނަސޭހަތްތެރި ވެއެވެ.

މުޅި ދުނިޔެ ފުރަބަންދުގައި އޮތްއިރު، އަޅުގަނޑުމެން މި ތިބީ ގޭގަ، މިހާލަތުގައި އަޅުގަނޑުމެން ހަނދާން ބަހަށްޓަންވީ މިއީ އިމްތިހާނެއްކަން، މި އިމްތިހާން ހަދަން މި ޖެހުނީ ސްކޫލަށް ނުގޮސް ގޭގައި ތިބެ، އަޅުގަނޑު ގަބޫލު ކުރަނީ މި އިމްތިހާނުން ފާސް ވެވޭނެ ކަމަށް، ފާސްވާން ފުރުސަތު އޮތް ބޮޑު އިމްތިހާނެއްކަން، ދަންނަވަންތޯ ކިތަންމެ ބޭނުން ނުވިޔަސް އަޅުގަނޑުވެސް ތިބާވެސް މި ބައްޔަށް ފައްސި ވެދާނެ، މިފަދަ ހިތާމަތަކުގައި އަޅުގަނޑުމެން ކަންބޮޑުވާނެ، ދެރަވާނެ، ލޮލުން ކަރުނަވެސް އަންނާނެ، ނަމަވެސް އަޅުގަނޑުމެންނަށް އޮތީ ކެއްތެރިވެ ހިތްވަރުކުރުން އުންމީދު ކަނޑާނުލާ ހެއްދެވި ފަތާރަށް ދުއާ ދެންނެވުން،
އީޒާން

މިއީ ސަލާމަތް ނުވާނެ ބައްޔެއް ނޫން ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށާއި ކޮންމެ ބައްޔެއްގެ ޝިފާވެސް ﷲ ވަނީ ލައްވާފައިވާ ކަން ފާހަގަކޮށް، މި ބަލި ޖެހޭ ގިނަ މީހުން ގަދަވެ ސަލާމަތުން ހެޔޮހާލުގައި އެބަ ތިބޭ ކަމަށް ދުނިޔޭގެ ސިއްހީ މާހުރުން ބުނާ ފަދައިން އީޒާންވެސް ވަނީ އުންމީދު ކަނޑާ ނުލުމަށް ނަސޭހަތްތެރި ވެފައެވެ

https://www.facebook.com/624108794357869/posts/2507355302699866/

.ކޮވިޑް-19ގެ ބަލިމަޑުމަކުން ރައްކާތެރި މާދަމާ އެއް ހޯދޭނެ ކަމަށާއި ނަމަވެސް އެއީ ޝަރުތަކާ ލައިގެން ކުރެވޭނެ ކަމެއް ކަމަށް އީޒާންގެ ވާހަކައި ވަނީ ފާހަގަ ކޮށްފައެވެ. އެއީ ރައްކާތެރި ކަމުގެ ފިޔަވަޅު ދުރާލާ އެޅުމާއި އަތަކީ ވަރަށް މުހިންމު ގުނަވަނެއް ކަމަށް ވާއިރު، އިންސާނާގެ ސިކުނޑިއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ގުނަވަނަކީ އަތްކަން ފާހަގަކޮށް ރައްކާތެރިކަން ހޯދުމަށް، ނުރައްކަލުން ސަލާމަތްވުމަށް ގުޅުންތަކަށް މަރުހަބާ ކިއުމަށާއި މިފަދަ ކޮންމެ ކަމެއްގައި ދިއްކޮށްލެވެނީ ހަމަ މި އަތް ކަމަށް ވާއިތު އަތްދޮވުން ގިނަ ކުރުމަށް އީޒާން ވަނީ ކިޔައިދީފައެވެ.

ޑޮކްޓަރުންނާއި ނަރުހުންބުނާ ގޮތަށް އަޅުގަނޑުމެންގެ އަމަލުތަށް ބެހެއްޓުން، ގަބޫލުކުރަންވީ މިއީ ސަލާމަތް ނުވާނެ ބައްޔެއް ނޫން ކަމަށް، ކޮންމެ ބައްޔެއްގެ ޝިފާވެސް ﷲ ވަނީ ލައްވާފަ، މި ބަލި ޖެހޭ ގިނަ މީހުން ގަދަވެ ސަލާމަތުން ހެޔޮހާލުގައި އެބަ ތިބި، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށްވެސް ސަލާމަތް ވެވޭނެ، ރައްކާތެރި މާދަމާ އެއް ހޯދޭނެ، ނަމަވެސް ޝަރުތެއް އެބައޮތް، އެއީ ރައްކާތެރި ކަމުގެ ފިޔަވަޅު ދުރާލާ އެޅުން، އަތަކީ ވަރަށް މުހިންމު ގުނަވަނެއް، އިންސާނާގެ ސިކުންޑިއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ގުނަވަން. ރައްކާތެރިކަން ހޯދުމަށް ނުރައްކަލުން ސަލާމަތްވުމަށް ގުޅުންތަކަށް މަރުހަބާ ކިއުމަށް، މިފަދަ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަށް ދިއްކޮށްލެވެނީ ހަމަ މި އަތް.
އީޒާން

އީޒާންގެ ވާހަކަ ނިންމާލާނީވެސް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ގޭން ބޭރަށް ނުދިއުމަށް އެކުވެރިންނަށާއި ރާއްޖޭގެ އެންމެންނަސްވެސް ގޮވާލަމުންނެވެ. އީޒާން ފަދަ އިން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއަޅާ، ސިކުނޑިތަށް މައުލޫމާތުން ފުރާލުމަށް ގޮވާލަމުންނެވެ. އިސްލާމްދީނުގެ ރިވެތި އުސޫލުތައް ހިފަހައްޓާ، އަޅުކަންތަށް ތަށް އިތުރު ކުރުމާއި ދުއާކުރުން ގިނަ ކުރުމަށް ގޮވާލަމުންނެވެ. މި އިމްތިހާނުން ފާސްވުމަށް އޮތް އެންމެ މިހުންމު ކަމަކީ ދުއާ އާއި އަޅުކަން ކަމުގައި ބުނެދެމުންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނި މާލޭގައި ފެތުރިގެންފައި ވާއިރު މިހާރު މި ބަލި ދަނީ އަތޮޅުތަކުގެ ރަށްރަށުންވެސް ފެންނަމުނެވެ. ބަލިން ރައްކާތެރިވެ ތިބެން އެންމެ މުހިންމު ކަމަކީ އިޖުތިމާއީ ގައިދުރުކަން ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މިހާނަތަށް ރާއްޖޭން 177 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއީ ސިއްހީ އިރުޝާދުތަކަށް ތަބާ ނުވުމުން އައި އިތުރުވުމެއްގެ ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭފުޅުން އަންނަނީ ބުނަމުންނެވެ.

ފާއިތުވި 6 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 22 އޭޕްރީލް ފިޔަވާ ކޮންމެ ދުވެއްގައިވެސް ޕޮޒިޓިވްވި ކޭސްތައް ހުރީ 15 އިން މަތީގައެވެ. 22 އޭޕްރީލްގައި ޕޮޒިޓިވް ވި ކަމަށް ސަރުކާރުން އިއުލާން ކުރީ ދެ މީހުންނެވެ. އަދި މިއަދު މީ ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ކަމަށް ރިޕޯޓު ކުރި ދުވަހެވެ. މިއަދު މިހާތަނަށް 36 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މާލެ ސަރަހައްދުގައި ޕޮޒިޓިވް ވާ ކޭސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބާރަށް ބަލި ފެތުރޭކަން ހާމަވެއެވެ. އަދި މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އިއްޔެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބަލި ފެތުރޭ އަވަސް މިނާ ބާރު މިނަށް ބަލާއިރު، ކުރިއަށް އޮތް ތާނގައި ބަލިވާ މީހުން އެމީހެއްގެ ގޭގައި ކަރަންޓީނު ކުރަންވެސް ޖެހިދާނެއެވެ. އަދި އެކަމަށް ރައްޔިތުން ތައްޔާރުވެގެން ތިބުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.