ބީއެމްއެލް، އޫރިދޫ، އެމްއައިބީ އަދި ދިރާގު މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްސީލު ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުރިދޫގެ އެސްއެމްއެސް އަދި އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށެވެ. މީގެ އިތުރުން ދިރާގު މެދުވެރިކޮށާއި އޮންލައިންކޮށް ބީއެމްއެމްއެލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

  • އުރިދޫ މެދުވެރިކޮށް އެސްއެމްއެސް ގެ ޒަރީއާއިން ޒަކާތް ދައްކާނެ ގޮތް:

އުރީދޫގެ ކޯޑް *909# ޖެހުމަށް ފަހު ޒަކާތް ދެއްކުމަށް 1 ޖަހާށެވެ. އަދި ޒަކާތް ދެއްކޭނެ މިންވަރުގެ މައުލޫމާތު ހޯދުމަށް 2 ޖަހާށެވެ. އުރީދޫ ކަސްޓަމަރުން ޒަކާތް އެސްއެމްއެސް މެދުވެރިކޮށް ދެއްކުމަށް http://islamicaffairs.gov.mv/download/1951/ މި ލިންކުގައިވާ ގޮތަށް އަމަލު ކުރާށެވެ.

  • އުރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދައްކާނެެ ގޮތް:

އުރީދޫ އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕްގެ އެމްފައިސާ އެކައުންޓުން ލޮގިން ވުމަށް ފަހު "މޯ" އަށް ދާށެވެ. އަދި ފިތުރު ޒަކާތަށް ކުލިކް ކުރުމުން ލިބޭ ފޯމް ފުރާށެވެ. އެއަށްއަށް ފަހު ޒަކާތް ދެއްކުމަށް ބޭނުންވާ ބާވަތް ޖަހާ ޕްރޮސެސް ކުރާށެވެ. ފައިސާ ފޮނުވުމަށް އޯޕީޓީ ނަންބަރު ޖަހާށެވެ. ފައިސާ ޖަމާވުމުން މެސެޖެއް ލިބޭނެއެވެ. އުރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް http://islamicaffairs.gov.mv/download/1955/ މި ލިންކްވެސް ބޭނުން ކުރެވޭނެއެވެ.

  • މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތް:

އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކުމަށް http://islamicaffairs.gov.mv/download/1947/ މި ލިންކުގައިވާ ގޮތަށް އަމަލު ކުރާށެވެ.

  • ދިރާގު މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތް:

ދިރާގުޕޭ އެންޑް ލައިފްސްޓައިލް މެދުވެރިކޮށާއި އެސްއެމްއެސް މެދުވެރިކޮށް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމަށް *454*5# އަށް މެސެޖް ކުރުމަށް ދިރާގުން އެދެއެވެ. މި ލިންކް http://islamicaffairs.gov.mv/download/1942/ މެދުވެރިކޮށް ދިރާގުން ޒަކާތް ދައްކާނެ ގޮތް އެނގިގެން ދާނެއެވެ.

  • އޮންލައިންކޮށް ބީއެމްއެމްއެލް މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތް:

އޮންލައިންކޮށް ބީއެމްއެމްއެލް މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތުގެ ތަފްސީލު http://islamicaffairs.gov.mv/download/1924/ މި ލިންކުން ލިބޭނެއެވެ. ބީއެމްއެލް މެދުވެރިކޮށް އޮންލައިން ކޮށް ޒަކާތް ދެއްކުމަށް https://ebanking.bankofmaldives.com.mv/zakaiy/ މި ލިންކް ބޭނުން ކުރާށެވެ.

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވާ އެހެން ސިޓީތަކާއި ރަށްތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އެ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށެވެ. އަދި ކޮވިޑް 19 ގެ ހާލަތު ރަނގަޅުވެއްޖެ ނަމަ އެހެން އަހަރުތަކަކެކޭ ވެސް އެއްގޮތަށް އެ މިނިސްޓްރީންގެ ހޯލުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.