ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އުރީދޫ އެމް ފައިސާ، ދިރާގު ޕޭ، މޯލްޑިވްސް އިސްލާމިކް ބޭންކް އޮންލައިން ބޭންކިން އަދި ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:

  • އާދައިގެ ހަނޑޫ: 15 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ: 105 ރުފިޔާ
  • ރަތް ހަނޑޫ: 65 ރުފިޔާ
  • އާދައިގެ ފުށް: 12 ރުފިޔާ
  • އާޓާ ފުށް: 55 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވާ އެހެން ސިޓީތަކާއި ރަށްތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އެ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށެވެ. އަދި ކޮވިޑް19 ގެ ހާލަތު ރަނގަޅުވެއްޖެ ނަމަ އެހެން އަހަރުތަކަކެކޭ ވެސް އެއްގޮތަށް އެ މިނިސްޓްރީންގެ ހޯލުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.