ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު މާލެއިން މީހަކު ޕޮޒިޓިވް ވެފައިވާ އިރު އެކަމާ ގުޅިގެން މާލެ ސިޓީން ގެއަކާއި އައްޑޫ ސިޓީން ގެއެއް މޮނިޓަރިން ހާލަަތަށް ގެންގޮސްފިއެވެ.
މާލޭގައި މިއަދު ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަކީ ރާއްޖެއިން ޕޮޒިޓިވް ވީ މީހަކާ ކޮންޓެކްޓެއް އޮތް މީހެއް ނޫން ކަމަށާއި އަދި ރާއްޖެއިން ބޭރަށް ފަހުގެ ތާރީހެއްގައު ދަތުރުކޮށްފައި ވާ މީހެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މިއަދު މާލެއިން ޕޮޒިޓިވް މީހާއަކީ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި 21 ވަނަަ ކޭސްއެވެ.
އެޗްޕީއޭއިން ބުނީ، މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު މާލެއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއް ކަމަށާއި މާލޭގެ އެލާޓް ސްޓޭޓަސްއަކީ ރެޑް ލެވެލް 4 ކަމަށެވެ. އަދި އައްޑޫ ސީޓީން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ސ. ހިތަދޫގައި ހުންނަ ގެއެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ކ. ކާށިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ޕޮޒިޓިވް ވި އަންހެންމީހާގެ ކްލޯސް ކޮންޓެކެޓް ވެފައިވާ ފަރާތެއް އެރަށަށް ދަތުރުކޮށްފައި ވާތީއެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ.
މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.
ވީ އާރ ފަކްޑް އިން ދަ ނަޓް