ފިރިމީހާ އޭނާގެ އަންހެނުން ނޭފަތުގައި ދަތް އެޅި މީހެއްގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ 00:45 ހާއިރު އދ. ފެންފުށީގައި ދެމަފިރިން ދެމެދުގައި ހިންގި ހަމަނުޖެހުމުގައި އަނބިމީހާ އަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިކަމުގައި ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ ވަނީ އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައި ކަމަށެވެ. އަދި ދަތް އަޅާފައިވާ ކަމުގެ ނިޝާން އޭނާގެ ނޭފަތުން ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން 30 އހަަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ، ފުލުހުން ބުނީ، އޭނާގެ ބަންދަށް އދ. މާމިގިލި ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.