ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު، މީގެ ކުރިން އާންމު ދިރިއުޅުމުގައި ކުރަން ގިނަ ބަޔަކަށް އެންމެ ފޫހި މަސައްކަތްތައް މިހާރު ވެފައި ވަނީ ދިރިއުޅުމުގައި ލިބޭ ހަމައެކަނި އުފަލަށެވެ. މިފަދަ އެއް މިސާލު ފެންނަނީ އޮސްޓްރޭލިއާއިންނެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ގެތަކުގައި ތިބެން މަޖުބޫރުވެފައި ވެ، އިޖުތިމާއީ ގައިދުރުކަމުގައި އުޅެން މަޖުބޫރުވެފައި ވާއިރު، އިޖުތިމާއީ ގުޅުން ދަމަހައްޓަން އޮތް ޕްލެޓްފޯމަކީ ސޯޝަލް މީޑިއާއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ވަގުތު ހޭދަކުރަމުން ދިއުމުގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ޕޭޖަކީ އޮސްޓްރޭލިއާއިން އުފެއްދި ޕޭޖެކެވެ.

"ބިން އައިސޮލޭޝަން އައުޓިންގް ފޭސްގްރޫޕް" ޕޭޖުގެ ނަމުގައި ހިންގާ މި ޕޭޖުގެ ފެށުން އައީ ރަހުމަތްތެރިންތަކެއްގެ މެދުގައި ޖޯކަކަށް ކުރި ކަމެއްގެ ގޮތުގައެވެ. މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ޑެނިއަލް އެސްކިއު މި ޕޭޖު ހެދީ، ގޭގައި ޖަމާވާ ކުނި ބަލާ އަންނަ ގަޑިއަށް ކުނި ވަށިގަނޑު ބޭރަށް ނެރެން ލިބޭ ވަގުތަކީ އޭނާގެ ހިތަށް ބޮޑު ތަސައްލީއެއް ލިބޭ ވަގުތެއް ކަމަށް އޭނާގެ ރަހުމަތްތެރިއަކު ބުނި ހިސާބުންނެވެ.

https://www.facebook.com/groups/306002627033697/permalink/320017292298897/

ލޮކްޑައުން ހާލަތުގައި އެތައް މިލިއަން ބަޔަކު ތިބިއިރު، ކުނި ބަލާ އަންނަ ގަޑިއަށް ކުނި ވަށިގަނޑު ނެރުމަކީ އެތައް ބަޔަކަށް ގެއިން ބޭރަށް ނިކުމެލަން ލިބޭ ހަމައެކަނި ފުރުސަތަށް ވާއިރު، އޮސްޓްރޭލިއާގައި މިކަން ވަނީ އާދަޔާ ހިލާފު ޓްރެންޑަކަށް ބަދަލުކޮށްފައެވެ.

https://www.facebook.com/JohnanthonRoskam/videos/3308478219165464/

ޑެނިއަލް އެސްކިއުގެ ޕޭޖަށް ބަލާލުމުން އެކަން އެއޮތީ ފެންނާށެވެ. ކޮންމެ ގެއަކުންވެސް ކުނި ނެރޭ މީހާ ހުންނަނީ އާދައިގެ ގޮތަކަށް ނޫނެވެ. އެކި ދުވަހު އެކި ހެދުމުގައެވެ. ޑައިވަރުންނާ ބޮޑެތި ގަސްގަހަށް ވެގެންވެސް ކުނި ނެރެންދާ މީހުން އުޅެއެވެ.

ގޭގައި އޮވެ، މި ޕޭޖު ބަލައިގެން ހިތްހަމަޖައްސާލާ މީހުންވެސް މަދެއް ނޫނެވެ. ދުނިޔޭގެ އެންމެ ހުޅަނގު ބިތުގައި އޮތް އޮސްޓްރޭލިއާގައި ރަހުމަތްތެރިންތަކެއްގެ މެދުގައި ފެށުނު މި ޓްރެންޑް މިހާރު ވަނީ އެންމެ ހުޅަނގުން އެމެރިކާއާ ހިސާބަށް ވެސް ފޯރާފައެވެ.