13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސައުތް ޕޮލިސް ޑިވިޝަން (ފުވައްމުލައް އަދި އައްޑޫ ސިޓީ އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 13 އަހަރުގެ އަނަހެން ކުއްޖަކަށް ޖންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި 18 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރު ކުރެވިފައިވާ ކަމަސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށާއި ވިކްޓިމް އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

މިގެ އިތުރުން މިމަހުގެ 4 ވަނަ ދުވަހު ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ. އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 13 އަހަރުގެ އަނަހެން ކުއްޖަކަށް ޖންސީ ގޯނާ ކުރި މައްސަލާގައި 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

އަދި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ނޯތު ސެންޓަރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ޑިވިޝަން) އަށް ނިސްބަތްވާ ރަށެއްގައި އުމުރުން 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.