އޮރެގަންއަށް ނިސްބަތްވާ 104 އަހަރުގެ މިމީހަކީ ދެވަނަ ބޮޑު ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ފައުޖުތަކުގައި ހަރަކާތްތެރިވި ކުރީގެ އަސްކަރީ މެމްބަރެކެވެ. މީގެ އިތުރުން އޭނާއަކީ ދުނިޔެ އެ ބަލިމަޑުކަމަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ހޯދި އެންމެ ދޮށީ އުމުރުގެ މީހުންގެ ތެރެއިންވެސް ޖާގަ ހޯދި މީހެކެވެ.

ވިލިއަމް "ބިލް" ލެޕްޝީސް، އޭނާގެ 104 ވަނަ އުފަން ދުވަސް ފާހަގަކުރީ މިދިޔަ ބުދަ ދުވަހުއެވެ. ބިލްއަކީ އޭނާ ދިރިއުޅެމުންދާ އެޑްވާޑް ސީ އޯލްވާތް ވެޓެރަންސް ހޯމް އިން ކޮވިޑް-19އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި 2 މީހުންގެ ތެރޭގައި ހިމެނުނު އެކަކެވެ. އަދާ ހަމައަށް އައިރިރު، އެ ތަނުން 15 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، 2 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ހުސްވި މާޗް މަހުގެ 5 ވަނަ ދުވަހު، ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީއްސުރެ ކޮޓަރީގައި އެކަހެރިކޮށްފައިވާ، ބިލްއަށް ކާފަ ކިޔާ 2 ކުދިންނާ، މުނި ކާފަ ކިއާ 6 ކުދިންނާ، ހޫރު ކާފަ ކިއާ 5 ކުދިން އެބަތިއްބެވެ.

ބިލްގެ ނަންވެސް ކޮވިޑް-19ގެ ހަމަލާ އަމާޒުވި މީހުންގެ ލިސްޓުގައި ލިޔެވުނީ މާޗް 10 ވަނަ ދުވަހުއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ބިލްގެ ދަރިފުޅު ކެރޮލީ ބްރައުންއަށް ލިބުނީ ހިތްދަތި ފޯނުކޯލެކެވެ. ޑޮކްޓަރެއްގެ ފަރާތުން އައި އެ ކޯލުގައި ބުނީ ބިލްގެ ހާލު މާ ރަނގަޅު ނޫންކަމަށެވެ. އިންތިހާއަށް ހުން ގަދަ ވާހަކައާ، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވާ ވާހަކަވެސް ބުންޏެވެ. އިސާހިތަކު ދިރިއުޅުމުގެ އެންމެ ފަހު ވަގުތު ޑޮކްޓަރަކާ ދައްކަންޖެހޭ ވާހަކަތައްވެސް ދެކެވިއްޖެއެވެ.

ނަމަވެސް މިއަދު އޭނާއަކީ ކޮވިޑް-19އިން ރަނގަޅުވެފައިވާ މީހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ގައިޑްލައިންއަށް ފެތޭ މީހެކެވެ.

މި ހެޔޮ ޚަބަރު ބިލްއަށް ލިބުނީ އޭނާގެ 104 ވަނަ އުފަން ދުވަހުގެ މުނާސަބާއާ ދިމާކޮށެވެ. އޭނާ ދިރިއުޅެމުންދިޔަ މުސްކުޅިންނަށް ހާއްސަ އިމާރާތުގައި އޭނާއަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބޭރަށް ބިލް ނެރެދިނީ އެތަނުގައި އުޅޭ މުވައްޒަފަކެވެ. އޭރު އޭނާ އިނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މާސްކުގެ އިތުރުން، 2 ވަނަ ބޮޑު ހަނގުރާމާގައި ހަނގުރާމަކުރި ފަހުލަވާނުންނަށް ހާއްސަ ތޮފިވެސް އަޅައިގެންނެވެ. އެތަނުން ބިލްއަށް މަރުހަބާ ކިއީ އޭނާގެ އާއިލާ މެމްބަރުންނެވެ. ނަމަވެސް ކޮވިޑް-19އާއެކު އެކުލަވާލާފައިވާ އިރުޝާދުތަކާ އެއްގޮތަށް، އެއްވެސް މީހަކު ބިލްއާ މާ ގާތެއް ނުވެއެވެ.

ބިލްއަކީ އާދަޔާ ހިލާފު ހިތްވަރެއް ހުރި މީހެކެވެ. އޭނާގެ ކަމަރުގައިވާ މެޑަލްތަކުގެ ލިސްޓަށް ބަލާއިރު އެކަމަށް ހެކި ދެއެވެ. ބިލް އަކީ މީގެ 100 އަހަރު ކުރިން ދުނިޔެ ދުށް ސްޕެނިޝް ފްލޫ ބަލިމަޑުކަމުން ސަލާމަތްވި މީހެކެވެ. ބޮޑުތަކުގެ ހިތްދަތި ދުވަސްތައްވެސް ތަހައްމަލު ކުރި މީހެކެވެ. ކުރިންވެސް ދެންނެވިފަދައިން ބޮޑު ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ތަރިއެކެވެ.

ފުރޮޅުލީ ގޮނޑިއެއްގައި ހިނިތުންވެލައިގެން އިނދެ، އާއިލާއަށް ހަނާއަޅަމުންދިޔަ މަންޒަރު ފެނި، އޭނާގެ އާއިލާއަށްވެސް ހައިރާންކަން ލިބުނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދޮށީ އުމުރުގެ މީހުންނަށް އިންތިހާއަށް ނުރައްކާ ބޮޑު ބައްޔަކަށްވާއިރު، މި ބަލިން ސަލާމަތްވެ، އާއިލާއާއި ބައްދަލުވީތީއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވުމަށްފަހު ފަރުވާ ހޯދައިގެން އެ ބައްޔަށް ޝިފާ ލިބުނު ދޮށީ އުމުރުގެ ބައެއް މީހުންނަށް ބަލާއިރު އުމުރުން 103 އަހަރުގެ ޗައިނާ މީހަކާ އީރާނު މީހެއްގެ އިތުރުން، 101 އަހަރުގެ ސްޕެއިން މީހެއްގެ ވާހަކަ ފާހަގަކުރަންޖެހެއެވެ.