ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ ސްޓިމުލަސް ޕެކޭޖް (އިގުތިސާދު ރަނގަޅުކުރުމަށް ޓެކްސް އާއި އިންޓަރެސްޓް ކުޑަ ކޮށް ދޭ މާލީ އެހީ) ތައް އަންނަ ހަފްތާއިން ފެށިގެން ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމަކީ ކުރިން އެއްވެސް މިންވަރަކަށް އަންދާޒާ ކުރެއްވުނު ކަމެއް ނޫން ކަމަށެވެ. އިގްތިސޯދަށް އައި ހީނަރުކަމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ދިނުމަށް ނިންމާފައިވާ ސްޓިމިއުލަސް ޕެކޭޖްގައި ހިމެނޭ ލޯނުތައް އާންމުކޮށް ލޯނު ލިބޭ ގޮތަށް ވުރެ ފަސޭހަ ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އެ ޕެކޭޖްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ މުވައްޒަފުން ހިމާޔަތް ކުރުން ކަމަށް އަމީރު ވިދާޅުވިއެވެ. ސްޓިމިއުލަސް ޕެކޭޖް ހިނގާ ގޮތް ސާފުކޮށް ދެއްވަމުން އަމީރު ވިދާޅުވީ، 10 މިލިއަން ރުފިޔާ ލިބިފައިވާ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ ބީއެމްއެލުން ކަމަށާއި 10 މިލިއަން ހަމަ ނުވާ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ އެސްޑީއެފްސީން ކަމަށެވެ. ހަމައެއާއެކު އަމިއްލަ ފަރާތްތަކަށް ވެސް ލޯނު ދޫކުރާނީ އެސްޑީއެފްސީން ކަމަށް އަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަ ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހަންމަދު ސައީދު ވިދާޅުވީ، 10 މިލިއަން ރުފިޔާގެ މަތީގެ ލޯނުތައް ދެނީ އެއްވެސް ރަހުނަކާ ނުލައި ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ލޯނުތަކުގައި ރިސޯޓްތަކަށް ވެސް އަދި ވިޔަފާރިތަކަށް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރިސޯޓް މުވަށްޒަފުން އެ ކަނިތޯ މިޤައުމުގަ ހިމާޔަތް ކުރަންޖެހޭ ބަޔަ ކަށް ތިބީީ، ކޮބައިތޯ މަސްވެރިން ކޮބައިތޯ އެހެން މަސައް ކކ