އަށް މީހުންނާއެކު ދަތުރު ކުރި ބޯޓެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ސ. ފޭދޫއަށް ދަތުރުކުރި ‘އަލްމާ’ ނަމަކަށް ކިޔާ ބޯޓެއް ގދ. މާވަރަލާ ފަރަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

އަދި މިހާދިސާ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 5:35 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާރަކަށް އައިސް މިފަދަ ހާދިސާތަށް ހިނގުން ގިނަވެފައިވާއިރު މިދިޔަ މަހު ވަނީ 18 މީހުނާއެކު ދަތުރުކުރި "ލީޖިއޮން 7" ލޯންޗު ކަމަށާއި އެ ލޯންޗެއް ފެލިދޫގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރު އޮތް ފަރަކަށް ވަނީ އަރާފައެވެ. އަދި 28 މީހުންނާއެކު އއ. މަޔާފުށި ރިސޯޓުން ފުރައިގެން ހުޅުލެ ދަތުރުކުރި 'ސުވެނިރް 19' ނަމަކަށްކިޔާ ލޯންޗެއް މަޔާފުށި ރިސޯޓުގެ ނެރުމައްޗަށް ވަނީ އަރާފައެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް އެމްއެންޑީއެފްގެ އެހީތެރިކަން މެދު ކެނޑުމެއް ނެތި ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.