ރާއްޖޭގެ ރިސޯޓްތަކާއި ކެފޭ ރެސްޓޯރަންޓުގެ އިތުރުން އާންމު ބޭނުންތަކަށް ބޭނުން ކުރާ ގިނަ ތަކެތި ވިއްކާ އެސްޓަރަބޮން ފިހާރައިން 90 ދުވަހުގެ ކްރެޑިޓް ދޭން ނިންމައިފިއެވެ.

އެސްޓްރަބޮން އިން ބުނީ، އެ ފިހާރައިން ކުރާ 500 ޑޮލަރުން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކުރެޑިޓް ލިބޭނެ ކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާލައިފައިވާ މި ފުރުސަތުގައި ބެޑްރޫމާއި ފާހާނާ ފަދަ ތަންތަނަށް ބޭނުންވާ ލިނެން ތުވާއްޔާއި، ބެޑްޝީޓާއި ބާލީސް އުރަފަދަ ތަކެއްޗާއި، ފެން ބޯން ބޭނުން ކުރާ ތަށިން ފެށިގެން ޖޫސް، ޑްރިންކްސް ފަދަ ބުއިންތައް އަޅާ ކޮލިޓީ ބިއްލޫރި ތައްޓާއި، ބުފޭ އައިޓަމްތަކާއި، ވައްޓާލިއަސް ތަޅައިގެން ނުދާ ތަށީގެ އިތުރުން ތަފާތު އެކި އެކި ބޭނުންތަކަށް ބޭނުން ކުރާ ވަޅިއާއި ކޮލިޓީ މޮޅު އަވަންތަކާއި ރީތި ކޮލިޓީ އުލާ ސަމްސާ ލިބޭނެއެވެ.

އެސްޓްރަބޮން ޝޯރޫމްގައި ވިއްކަން ހުރި ބައެއް ތަކެތި

އެސްޓްރަބޮން އިން ރިސޯޓުތަކާއި ބަދިގެތަކަށް ބޭނުންވާ ޕިއްޒާ މެޝިނާއި، މިނީ ފްރިޖުގެ އިތުރުން ކޯލްޑް ސްޓޯރުފަދަ މުހިންމު އެތައް އެއްޗެއްސެއް ލިބެން ހުރެއެވެ.

އެސްޓްރަބޮން ޝޯރޫމްގައި ވިއްކަން ހުރި ބައެއް ތަކެތި

ދާދި ފަހުން އެސްޓްރަބޮން އިން ވަނީ ދުމާއި ވަހުން އުނދަގޫ ނުވެ ކައްކާލެވޭ "ލޭމްޕްކުކް" ތައާރަފް ކޮށްފައެވެ. ހަަމައެއާއެކު ބަދިގެ ހަޑިނުކޮށް ފަސޭހަކަމާއެކު ދެފުށުން ފިހެލެވޭ ގޮތަށް ބޯކިބާ އެޅުމަށް "ހެޕީކޯލް" ތަވާ އަކީވެސް އެސްޓްރަބޮންއިން ވިއްކާ ޕްރޮޑަކްޓެކެވެ.

ހެޕީކޯލްގައި ބޯކިބާ ނޫނަސް ބައިވަރު ކާނާ ތައްޔާރު ކުރެވިދާނެއެވެ. އެގޮތުން މަސްރޮށި، ކޭކް، ޕޮޕްކޯން، އަދި މަސްވެސް ފިހެވޭނެއެވެ. އަދި މި ޕްރޮޑަކްޓަކީ ފަސޭހައިން ސާފުކޮށްލެވޭ ޕްރޮޑަކްޓެއްވެސް މެއެވެ.

އެސްޓްރަބޮން ފިހާރަ ހުންނަނީ އޯކިޑްމަގުގައެވެ.