މެދު ރާއްޖެތެރޭގެ ރަށެއްގައި 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ނޯތު ސެންޓަރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ޑިވިޝަން) އަށް ނިސްބަތްވާ ރަށެއްގައި އުމުރުން 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި އެއްވެސް ފަރާތެއް ހަޔައްރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށާއި ވިކްޓިމް އައިޑެންޓިޓީ ރައްކާތެރި ކުރުރމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިންވެސް ވަނީ 2 އަހަރުގެ ކުއްޖަކަށް އެ ކއުްޖާގެ ބައްޕަ ފަރާތު ކާފައާއި މުނި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލައިގައި ކުއްޖާގެ މައިންބަފައިން އިހުމާލު ވިކަމުގެ ތުހުމަތުގައި ޕީޖީން ވަނީ ދައުވާ ކޮށްފައެވެ. އަދި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ މައްޗަށް ޕީޖީން ދައުވާކޮށް އެ މައްސަލަ ވަނީ ކޯޓުން ބަލަން ފަށާފައެވެ.