ދަ ސްޓެންޑާޑް ހުރުވަޅި މޯލްޑިވްސް އިން 3 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅު ވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނި ޝައްކު ކުރެވިގެން ދަ ސްޓެންޑާޑް ހުރުވަޅި މޯލްޑިވްސް އިން 3 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށާއި މާހާ ސަފާރީން ނެގި ސާމްޕަލް ނެގެޓިވް ވެފައިވާތީ މޮނިޓަރިން އިން ނެގިފައިވާ ކަމަށެވެ. އަދި އެ ރިސޯޓުން ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައި ވަނީ ދިވެއްސަކާއި ދެ ބިދޭސީންގެ ކަމަށްވެސް މަބަރޫކް ވިދާޅުވިއެވެ.
ހުރުވަޅި ރިސޯޓުން 3 މީހަކު ޓެސްޓް ކުރަމުން ދާއިރު މިއަދު އައްޑޫއިން ޑޮކްޓަރަކާއި ދެ ނަރުހުން ވެސް ވަނީ އަމިއްލައަށް އައިސޮލޭޓް ވެފައެވެ. މީގެ ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަންވެސް އިތުރުން މިއަދު ވަނީ ނިންމާފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 ފަރާތެކެވެ. އެއީ 15 ބިދޭސީންނާއި 2 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 4 މީހުންނަށެވެ.