ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދެއްކުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، ކޮވިޑް-19އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުުން ޓެކުހާ އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް އެ އޮތޯރިޓީން ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއެމްއޭން ބުނީ މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައި ދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ 3 މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދީފައިވާ ކަމަށެވެ. އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓެއްގައި ސޮއިލޕށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރީމަންޓެއް އޮތްކަމުގައިވީ ނަމަވެސް އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރަތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭން ބުނެއެވެ.
މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް އެމްއެމްއޭން ބުނެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ބުނީ މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ފެބްރުއަރީމަހުގެ ނިޔަލަށް ހާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާއެކު އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދެއްކުުގެ ފުރުސަތު ވެސް އަންނަ ޖޫންމަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަސް އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ އަދަދެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެމްއެމްއޭން ބުނެއެވެ. އެމްއެމްއޭން ބުނީ އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވެރި ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.