މިހާތަނަށް ފަރުވާއެއް އަދި ވެކްސިން އެއްވެސް ކަނޑައެޅިގެން ކަށަވަރު ކުރެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާގެ ވޫހާން ސިޓީ ނުވަތަ "ކޮވިޑް-19 ގްރައުންޑް ޒީރޯ" އަށް ބަހާރު މޫސުން އައިސް، ޗެރީ ގަސްތަކުގައި މާ ފޮޅެން ފަށައިފިއެވެ.

"ޗެރީ ބްލޮސަމް" ނުވަތަ ޗެރީ ގަސްތުގައި މާފޮޅިފައިވާ މަންޒަރު ބަލާލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އިންތިހާއަށް ގަޔާވާ ކަމަކަށްވާއިރު، ކޮވިޑް-19ގެ ކުރިއަށް ވޫހާން މަޝްހޫރުވެފައިވަނީވެސް 'ބްލޮސަމް ސިޓީ'ގެ ގޮތުގައެވެ. ޗެރީ ގަސްތަކުގައި މާ އަޅާ ދުވަސްވަރު ވޫހާންއަށް ލިބޭ އިގުތިސޯދީ ކުރިއެރުން އިންތިހާއެވެ.

ނަމަވެސް މިފަހަރުގެ 'ޗެރީ ބްލޮސަމް' އައިއިރު ގިނަ ބައެއްގެ ހިދުގައި ވޫހާންއާއި މެދު ވަނީ ބިރުވެރިކަން އުފެދިފައިއެވެ. އެކަމުން އަރައިގަތުމަށް ވޫހާންއަށް ބޮޑެތި ގޮންޖެހުންތަކަކާ ހުރަސްތަކެއް ގިރާކުރަން ޖެހޭނެއެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އެގައުމުން އަލަށް ރިޕޯޓްކުރާ ކޭސްތަކުގެ އިންތިހާއަށް މަދެވެ. މިއިން ކޭހަކާ ސީދާ ގުޅުމެއް ނެތި، މުޖުތަމައުގެ ތެރޭގައި ބަލިމަޑުކަން ފެތުރެމުން ނުދާ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

ކަންމިހެން އޮތްއިރު އަދިވެސް ލޮކްޑައުންގައި އޮތް ވޫހާންގައި ފޮޅެމުންދާ ޗެރީ މާތަކަކީ އޭޕްރިލް 8 ވަނަ ދުވަހު ލޮކްޑައުން ހާލަތުން މިންޖުވާ ވޫހާންއަށް އުއްމީދީ ދިރުމެއް ގެނުވަނިވި މަންޒަރެއް ކުރާހަލަދޭ މާތަކަކަށް ވަނީ ވެފައެވެ.