ސިނގިރޭޓު ގަންނަން ފަން އައިލެންޑް ރިސޯޓުން ފަތާފައި އޮޅުވެއްޔަށް ދިޔަ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ރޭ 22:37 ހާއިރު ކޮވިޑް19 އާއި ގުޅިގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިސޯޓުން، އޮޅުވެލި ބީޗް ރިސޯޓަށް މީހަކު ފަތާފައި ދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަ ކަމަށެވެ. އަދި އޭނާ ވަނީ އޮޅުވެލި މޫދުގައި އޮއްވާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިއަދު މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ. މުއްދަތު ޖަހާފައި ވަނީ ޖިނާއި އިޖުރާއަތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ސިނގިރޭޓު ގަންނަން ފަން އައިލެންޑް ރިސޯޓުން ފަތާފައި އޮޅުވެއްޔަށް ދިޔަ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މީގެކުރިންވެސް ރިސޯޓަކުން ފަތާފައި ދިޔަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޮޅުވެލި ބީޗުގެ މުވައްޒަފަކީ މިގޮތަށް އަމަލު ކޮށްގެން ހައްޔަރުކުރި ހަވަނަ މީހާއެވެ. އެއީ އައްޑު އަތޮޅުގައި ހިންގާ ރިސޯޓަކުން ފަތާފައި ގޮސް އެ އަތޮޅު މީދޫ އަށް އެރި މީހަކާއި، ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކުރި އެވެ. އަދި ހއ. އަތޮޅުގެ ރިސޯޓަކަށް ދިޔަ މުވައްޒަފަކާއި ސަފާރީއަކުން ހުޅުމާލެއަށް އެރި މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނޭރުމަށެވެ.