ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމްކޮށްފައިވާ 10 ކަރަންޓީނު ފެސިލިޓީއަކުން 2288 އެނދު ހަމަޖައްސައިފިއެވެ.

މިކަން ހާމަ ކުރައްވާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާތަނަށް 1158 ކޮޓަރި (2288 އެނދު) ގެ ޖާގަ ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން މިކަން ކުރީތީ ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތްތަކަށް މިނިސްޓަރު އަލީ ވަހީދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓަރު އަލީ ވަހީދު ވަނީ، ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ، ފޯކަލް ޕޮއިންޓްތައް ވެސް ހާމަ ކުރައްވާފައެވެ. އެގޮތުން:

  • ވިލިވަރު، ބިޔާދޫ އައިލެންޑް ރިސޯޓް - އަލީ ހާޝިމް (އެގްޒެކެޓިވް ޑިރެކްޓާ) - 9555344
  • ހުޅުލޭ އައިލެންޑް ހޮޓެލް - ފާތިމަތް ދިޔާމާ އިބްރާހިމް (ކަސްޓަމާ ރިލޭޝަންސް އޮފިސާ) - 9672767
  • ވެލިދޫ އައިލެންޑް ރިސޯޓް - އިބްރާހިމް ފަރްހާދް (ސީނިއާ ޕޮލިސީ ޑިކރެކްޓާ) - 9195719
  • ފަން އައިލެންޑް ރިސޯޓް - އަލީ ރައްޒާން (ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ) - 9777426
  • މަލަހިނި ކުޑަ ބަނޑޮސް - މުހައްމަދު ޚުއްސާން (ސީނިއާ ޕޮލިސީ ޑިރެކްޓާ) - 7684940
  • ދިއްގިރި ޓުއަރިސްޓް ރިސޯޓް - ތައްޔިބް ޝަހީމް ( އެގްޒެކެޓިވް ޑިރެކްޓާ) - 7864363
  • ހޮލިޑޭ އައިލެންޑް - އަސަދް ރިޒާ (ޑެޕިއުޓީ މިނިސްޓާ) - 7779167
  • އެމްބޫދޫ ވިލެޖެ - މުހައްމަދު ސިނާން (އެންވާރަމަންޓް އޮފިސާ) - 9685119
  • ރޯޔަލް އައިލެންޑް - އިބްރާހިމް ފިކުރީ (އެސިސްޓެންޓް ޑިރެކްޓާ) - 9997816
  • ވަރު ބައި އެޓްމޮސްފެއާ - ގުސައްޔު އިބްރާހިމް މުހައްމަދު (ކަސްޓަމާ ރިލޭޝަންސް އޮފިސާ) - 9533394

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 3 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ.

ކޮވިޑް-19 އިން ރަނގަޅުވި 3 މީހުންގެ ތެރެއިން ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. 3 ވަނަ އަށް ރަނގަޅުވި މީހާއަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރެވެ.