އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސލަައިގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެގެ ހަވީރެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެހެންކަމުން މިފަދަ މައްސަލަތައް ރިޕޯޓްކުރާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްކަޖަކަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލައެއް ރިޕޯޓް ކޮށްފައި ވާއިރު، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު، މިފަދަ ގިނަ މައްސަލަތަކެއް ވަނީ ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަޑުއުފުލާ، ގިނަ ބަޔަކު ވަނީ މިކަމަށް ހޭލުންތެރި ކޮށްފައެވެ.