ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ޝެވަލް ބްލޮންކް ރަންދެލިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރި ބިދޭސީއެއް ފެނިއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޝައްކުވާ އަލާމްތަތައް ފެނިގެން އެ ރިސޯޓުން ފެނުނު ބިދޭސީ މީހަގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އައިސޮލޭޝަނަށް ދާން ޖެހޭ ފަރާތައް އައިސޮލޭޝަނަށް ފޮނުވާލުަމށްފަހު މިހާރު އެރަށް ަވނި އާންމު ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހަމައެއާއެކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި 10 ފަރާތެއް ޕެރެޑައިސް އައިލެންޑް ރިސޯޓުން ވަނީ ފެނިފައެވެ. މަބްރޫކް ވިދާޅުވީ އެއީ 2 ބިދޭސީއަކާއި 8 ދިވެހިން ކަމަށެވެ. އެމީހުންގެ ކޮންޓެކްތް ޓްރޭސީންގެގެ މަސައްކަތް އެއްކޮށް ނިްނމާ ނުލެވޭތީ ޕެރެޑައިސް އައިލެންޑް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އަދި އެ ރިސޯޓުގައި އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޛޭގައި މި ބައްޔަށް ޕޮޒިތީވްވެފައިވާ 13 ފަރާތެއް ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. މި ބައްޔަށް ޝާއްކުކުރެވޭ އެތައް ދިވެހިންތަކެއް ދަނީ މިހާރު ޓެސްޓު ކުރެވެމުންނެވެ.