ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމްތަތައް ފެނިގެން މާލެއިން 3 މީހަކު ޓެސްޓު ކުރަމުން ދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލެއިން މި ބައްޔަށް ޝާއްކުވާ އަލާމާތްތައް ފެނިގެން ތިން މީހަކު ޓެސްޓު ކުރަމުންދާ ކަމަށެވެ. އޭގެތެރެއިން އެއް ފަރާތަކީ ލަންކާއަށް ދަތުރުކޮށްފައި އައި މީހެއް ކަމަށާއި، ދެވަނަ ފަރާތަކީ އިންޑިއާގެ ބެންގަލޫރަށް ދަތުރުކޮށްފައި އައި މީހެއް ކަމަށާއި އަދި ތިންވަނަ ފަރާތަކީ އައިލެންޑް ސަފާރީން މާލެއަށް އައި މީހެއް ކަމަށެވެ.
މަބްރޫކް ވިދާޅުވީ މި ތިން ފަރާތަކީ ހުސް ދިވެހިން ކަމަށެވެ.
އައިލެންޑް ސަފާރީގައި ަމސައްކަތް ކުރާ މުވައްޒަފެއް މާލެއަށް އައިސް މި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްތު ކުރާއިރު އެ ސަފާރީގައި ހުރި ދެ ފަތުރުވެރިއަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ސަފާރީގައި ޕޮޒިޓީވް ވި ދެ ފަތުރުވެރިންގެ އިތުރަށް 14 ފަތުރުވެރިންނާއި 16 މުވައްޒަފުން ތިއްބެވެ.
މީގެ އިތުރުން މިއަދު ރަށްރަށުންވެސް މި ބައްޔަށް ޝައްކު ކުރެވޭ އަލާމަތް ހުރި ދިވެހިން ވަނީ ފެނިފައެވެ. އެ ހުރިހާ ފަރާތްތަކަކީވެސް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ފަރާތްތަކެވެ. އެ ގޮތުން އިންޑީޢާގެ ޓްރިވެންޑްރަމަށް ދަތުރު ކުރި ދެ ދިވެއްސެއް ހިމެނެއެވެ. ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ޓްރީވެންޑްރަމަށް ދަރުކޯށް އެނބުރި އައިސްފައި ވަނީ ދ. ކުޑަހުވަދޫގައި ހުރި މީހަކާއި އއ. އުކުޅަހުގައި ހުރި މީހެކެވެ.
ހަމައެއާއެކު ރ. ފައިނާއި ސ. ހިތަދޫން މި ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިފައިވާ އިރު އެ ދެމީހުން ވަނީ އިންޑިއާގެ ކޮޗިންއަށް ދަތުރު ކޮށްފައެވެ. މީގެ އިތުރުން ހިންނަވަރުން ވަނީ ލަންކާއަށް ދަތުރުކުރި މީހެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓީވް ވެފައިވަނީ 13 ބިދޭސީންނެވެ.
ކަރަންޓީނުކުރަނީ ވަކިތަނަކުން އައީމަ. އިންޑިއާ ސިލޯނު އިޓަލީ އޯކޭ. ޗައިނާ ބަންގްލާދޭޝް ސަކަރާތް.
ބޭރަށް ދަތުރުކޮށްފަ އައިސް ރަށްރަށަށް ދެވެނީ ކިހިނެއް.އަންނަތަނުންކީއްވެބާ ނުހިފެހެއްޓެނީ؟މި އޮތީވާ ސަރުކާރެއް.