ސްޕޭނުން ރާއްޖެއައި އިތުރު ދިވެއްސެއް ކަރަންޓީނު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، އިއްޔެ ގަތަރު އެއާލައިނުން ވެސް ވަނީ ސްޕޭނުން އައި ދިވެއްސެއް އައިސްފައެވެ. އަދި އޭނާ ރާއްޖެ އައުމާއެކު، ފަރުކޮޅުފުށްޓަށް ގެންގޮސް ވަނީ ޓެސްޓު ހައްދާފައެވެ. އޭނާގެ ޓެސްޓު ނެގެޓިވް ކަމަށް އެޗްޕީއޭން ހާމަކޮށްފައި ވަނީ، ދާދި ދެންމެއެވެ.

ރާއްޖެއިން ވަގުތީ ގޮތުން ދަތުރުފަތުރު ކުރުން މަޑުޖައްސާލާފައި އޮތް ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި ޗައިނާއާއި އީރާނާއި ސައުތް ކޮރެއާގެ ދެ ޕްރޮންވިސާއި އިޓަލީ އާއި ސްޕެއިނާއި ޖަރުމަންގެ ތިން ސިޓީ އެއްގެ އިތުރުން ފްރާންސްގެ ދެ ސީޓީއެއް ހިމެނެއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.