ދުނިޔޭގައި ހަކުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގައި 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 9 ފަރާތަކީ އިޓަލީ ފަތުރުވެރިން ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާލުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައިތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެއް ކަމަށެވެ.

ޕޮޒިޓިވް ވި ކޭސްތަކުގެ އިތުރު ތަފްސީލް ހަމާކުރައްވަމުން މަބްރޫކް ވިދާޅުވީ، އެ މީހުންގެ ތެރޭގާއި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުން ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އިތާލީގެ ޗަރުކާރާއެކު ވެވުނު މަޝްވަރާތަކަކާއެކު "އަލިޓާލިއާ" ގެ ފްލައިޓެއް ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އެ ފްލައިޓް ރާއްޖެއަށް އައި ހުސްކޮށް ކަމަށާއި އެ ފްލައިޓުގައި ރާއްޖޭގައި ތިބި އިޓާލީގެ 200 އަށް ވުރެ ގިނަ ފަތުރުވެރިން ފުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް އާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ސްކޫލަތްކުގެ ކިޔެވުން އިތުރު އެއް ހަފްތާއަށް ފަސްކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި، ގުރުއާން ކްލާސްތަކާއި ވަކިވަކިން ގެއަށް ގޮސްގެން ޓިއުޝަން ދިނުން ހުއްތާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގައި ހުރި ސިނާމާތައް ވެސް ބަންދުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި 13 މީހުން ފެނިފައިވާ އިރު، އެންމެ ގިނަ ކޭސް އައިސްފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 ކޭސްއެވެ. މިހާތަނަށް އަދި މި ބައްޔަށް ދިވެއްސަކު ޕޮޒިތީވްވެފައެއް ނުވެއެވެ.