ބެލެނިވެރިންނަށް ހާއްސަކޮށްގެން ސައިބާ ސޭފްޓީ ފޮތެއް ނެރެފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ވަނީ، "ސައިބާ ސޭފްޓީ-ބެލެނިވެރިންގެ އަތްމަތީ ފޮތް" ލޯންޗްކޮށްފައެވެ. އަދި މި އަތްމަތީ ފޮތް ލޯންޗްކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަކީ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި އަތްމަތީ ފޮތަކީ އިންޓަނެޓާއި މީސްމީޑިއާގެ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމުގެ މަގްސަދުގައި، ފުލުހުންގެ އެހީތެރިކަމާއިއެކު އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ފޮތެކެވެ.

ބެލެނިވެރިންނަށް ހާއްސަކޮށްގެން ސައިބާ ސޭފްޓީ ފޮތެއް ފުލުހުންގެ އެހީތެރިކަމާއެކު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާއިރު، ފުލުހުން ވަނީ، ކޮވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ބެލެނިވެރިންނަށް ހާއްސަކޮށްގެން ސައިބާ ސޭފްޓީ ފޮތެއް ނެރެފައިވާއިރު، ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ސްކޫލުތައް މިވަނީ ބަންދުކޮށްފައެވެ. އަދި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.