ކޮވިޑް-19އަށް ޝައްކު ކުރެވިގެން ގަތަރް އެއާލައިނުގެ 2 ކްރޫއެއް ވިލިވަރުގައި ކަރަންޓީނުކޮށްފިއެވެ.
އެޗްޕީއޭން ބުނީ، މިއަދު ރާއްޖެއައި ގަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިން ހެއްދާފައިވާ ތަންތަނަށް ފޮނުވާލާފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.
އެޗްޕީއޭން ބުނީ، ގްތަރް އެއާލައިނުން އައި ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ. އަދި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކޮށްފައި ކަމަށް ވެސް އެޗްޕީއޭން މައުލޫމާތުދެއެވެ. މީގެ ކުރިން ހަމަކޮށްފައިވާ މައުލޫމާތުތަކަސް ބަލާއިރު، ސްޕޭނުން އައިމީހާއާ 12 މީހުން ކޮންޓެކްޓް ވެފައިވެއެވެ.
އެޗްޕީއޭން މިހެން ބުނެފައިވާއިރު، ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ގަތަރު އެއާލައިންސްގެ ކިއުއާރް-674 ފްލައިޓުން އައި ދިވެއްސަކު ކަރަންޓީނުކޮށްފައިވާއިރު، އޭނާ އައީ ސްޕެއިންގައި ޓްރާންސިޓް ވެފައި ކަމަށެވެ. އަދި އޭނާ މިހާރު ވަނީ އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެ ދިވެހި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމަށް ފަހު 12 މީހަކު އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށާއި ބޯޓުގައި ދެން ތިބި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި އެ ބޯޓު މިއަދު ހަވީރު 3:15 ހާއިރު ޖެއްސުމާއެކު، ވެލާނާ އެއާޕޯޓްގައި މޮނީޓަރިންގެ ހާލަތަށް ގެނެސް، ސްޕޭނުން އައި ދިވެހި މީހާ ފަރުކޮޅުފުއްޓަށް ގެންގޮސް ވަނީ ޓެސްޓްތައް ހައްދާފައެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.