ދޯހާއިން ރާއްޖެއައި ފްލައިޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވެ މީހަކު ފެނިއްޖެއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ގަތަރު އެއާލައިނުން ދޯހާއިން ރާއްޖެއައި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދަތުރުކުރި ފްލައިޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށް އެނާ މައުލޫމާތުދެއެވެ.

ދޯހާއިން ރާއްޖެއައި މީހަކުގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާއިރު، ރާއްޖެއިން ވަނީ ބައެއް ގައުމުތަކަށް ދަތުރުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

ރާއްޖެއިން ވަގުތީ ގޮތުން ދަތުރުފަތުރު ކުރުން މަޑުޖައްސާލާފައި އޮތް ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި ޗައިނާއާއި އީރާނާއި ސައުތް ކޮރެއާގެ ދެ ޕްރޮންވިސާއި އިޓަލީ އާއި ސްޕެއިނާއި ޖަރުމަންގެ ތިން ސިޓީ އެއްގެ އިތުރުން ފްރާންސްގެ ދެ ސީޓީއެއް ހިމެނެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ކުރެއްދޫން މި ބައްޔަށް ޮޮޒިޓިވްވި 5 މީހުން ނޫން އެހެން މީހުންނަކީ، ޑައިރެކްޓްކޮސް ރާއްޖެއިން ބޭރުން އައި މީހުންނެވެ.