އަނަންތަރަ ދިގު ރިސޯޓުން އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަ ކޮށްފިއެވެ. އެ މީހާ އަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ.

އެޗްޕީއޭއިން ބުނީ އަނަންތަރަ ދިގު ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހާއަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެއް ކަމަށެވެ.

އަނަންތާރާއިން ޕޮޒިޓިވްވި މީހާއައިއެކު، ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 11 އަށް ވަނީ އަރާފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއެކެވެ.

މިހާތަނަށް 11 މީހުން ޕޮޒިޓިވް ވެފައިވާއިރު އެއީ ހުސް ބިދޭސީންނެވެ. އެއްވެސް ދިވެއްސަކު ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި އިއްޔެ ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭ އިރުއޮއްސި 6:00 ގެ ފަހުން ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުންވެސް ވަނީ މަނާކޮށްފައެވެ.