ބ. ފެހެންދޫގައި ހުރި ގެސްޓް ހައުސަކުން ކޮވިޑް19ގެ އަލާމާތްތައް ފެނުނު ޓުއަރިސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ބ. ފެހެންދޫން ޓުއަރިސްޓެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިގެން މޮނިޓާ ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއްޔެ ވަނީ ހާމަކޮށްފައެވެ. މިއަދު ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ފެހެންދޫއިން އައިނކޭސްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު ނަތީޖާ ނުލިބޭ 4 ސާމްޕަލް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އަށް ރާއްޖެއިން ވަނީ 10 ބިދޭސީން ޕޮޒިޓިވް ވެފައެވެ.
- ކުރެއްދޫ އައިލެންޑް ރިސޯޓް - 5 ބިދޭސީން
- ސޭންޑީސް ބަތަލާ ރިސޯޓް: 2 ބިދޭސީން
- ކުރަމަތި އައިލެންޑް ރިސޯޓް: 2 ބިދޭސީން
- އަނަންތަރާ ދިގުރަށް: 1 ބިދޭސީ
ރާއްޖޭގައި މިހާރު މި ބަލީގެ ހާލަތަށް ބަލާއިރު މިކަމުގައި އެންމެ ބޮޑެތި ކަންބޮޑުވުންތައް ހުރީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ހަމައެއާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ އެއާލައިންސްތަކާއި އެއާޕޯޓް މުވައްޒަފުންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންގެ ކަންބޮޑުވުން ދަނީ ހާމަކުރަމުންނެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިރޭ 6:00 ގެ ފަހުން ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުންވެސް ވަނީ މަނާކޮށްފައެވެ.