ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅީގެން ޕިލިޕީންސްގައި ތިބި 117 ދިވެހިން އެމްބަސީގައި ރަޖިސްޓާ ކޮށްފައިވާ ކަަމށް ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، މިރޭ ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޕިލިޕީންސްގެ މެނީލާ މިހާރު ވަނީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައެވެ. އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އެހެނިހެން ކަންކަމުގައި ވެސް ދިވެހިން ގޮސް އުޅޭ ގައުމެކެވެ. ފޮރިން މިނސިްތޜީން ވަނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބަލާނެ ކަމަށް ވިދާޅުވެފައެވެ.

މެނީލާގައި ކިޔަވާ ދިވެހި ކުދިން އަދި އެގައުމުގައި ތިބި ދިވެހިންނަށް ފޮރިން މިނިސްޓްރީ އަދި ބަންގްލަދޭޝްގައި ހުންނަ ހައި ކޮމިޝަނާ ގުޅިގެން މުއާމަލާތް ކުރެވެމުންދާ ކަަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލކުވުމުގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މެނީލާ އަކީ ޕިލިޕީންސްގެ ވެރިކަން ކުރާ ރަށެވެ. މިހާތަނަށް ކޮވިޑް-19 އަށް އެގައުމުން ވަނީ 111 މީހުން ޕޮޒިޓިވް ވެފައެވެ. އަދި 8 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް19 ގެ މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔަށް ޕޮޒިޓީވް ވެފައިވާ 10 މީހުން ވަނީ ފެނިފައެވެ. އެއީ ހުސް ބިދޭސީންނެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް19 އަށް 150،060 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 5،617 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 73،731 އަށް އަރާފައެވެ.