ރާއްޖެއިން ބޭރއާސަން ބޭސްފަރުވާއަށް ދިއުމަށް އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުގެ ޓިކެޓް އީމެއިލުން ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދައިން ބުނީ، ރާއްޖެއިން ބޭރަށް އާސަންދަ މެދުވެރިކޮށް ދާ ފަރާތްތަކުގެ ޕްރީއޮތޮރައިޒޭޝަން ސިޓީއާއި ޓިކެޓް އީމެއިލް މެދުވެރިކޮށް ބަލިމީހާ އަށް ފޮނުވޭނެ ކަމަށެވެ. އީމެއިލް ނެތް ފަރާތްތަަކަށް އައިޖީއެމްއެޗްގައި ހުންނަ އާސަންދަ ކައުންޓަރުން ރަސްމީ ވަގުތުތަކުގައި ޓިކެޓް ލިބޭނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.
ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމް އެ ހިދްމަތް ހޯދާ މަރުކަޒެއް މެދުވެރިކޮށް ފޯމު ފުރުމާއި، އަދި ބޭނުންވާ ލިޔެކިޔުންތަކާއެކު އާސަންދައަށް ފޮނުވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ލިޔެކިތުންތައް ހުށަހަޅާއިރު ބަލި މީހާ ނުވަތަ އެހިތެރިއާއަށް ގުޅޭނެ ނަންބަރެއް ދިނުމަށް އެ ފަރާތުން ވަނީ އެދިފައެވެ. އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް ބަލީމީހާ ނުވަތަ އެހީތެރިއާއަށް ގުޅައިގެން އާސަންދަ ކަސްޓަމާ ސާވިސް ސެންޓަރުން ބަލި މީހާ ބޭރަށް ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް އާސަންދައިން ބުނެއެވެ.
ހަމައެއާއެކު މިގޮތަށް ނިންމީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އާންމުން ތަންތަނަށް އެއްވުން މަދުކުރުމުގެ ގޮތުން ކަމަށާއި އެގޮތަށް ހަމަޖެއްސީ ކޮރޯނާވައިރަހުގެ ހާލަތު ހަމައަކަށް އެޅެންދެން ކަަމަށް އާސަންދައިން ބުނެއެވެ. މީގެ އިތުރުން އާސަންދައިން ވަނީ، މި ދުވަސްވަރު ކޮންމެހެން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ނުވަތަ އެހެނިހެން ކަމަކު ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
އާސަންދަ ސްކީމްގެ ދަށުން ބެސްފަރުވާ ހޯދުމަށް ހިދުމަތް ދޭ މަރުކަޒުތަކުން ފޯމް ހުށަހަޅަން ނިންމާފައިވާ އިރު، މީގެ ކުރިން އާސަންދަ ފޯމްތައް ހުށަހަޅަން ޖެހެނީ އެސްޓީއޯ ޓްރޭޑް ސެންޓަރު އިމާރާތުގައި ހުންނަ އާސަންދަ އޮފީހަށެވެ.
ކޮވިޑް-19 ގެ ހާލަތަށް ބަޅާއިރު މިހާތަނަށް ރާއްޖެއިން ވަނީ ފަރާތެއް މި ބައްޔަށް ޕޮޒިޓިވެވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.