ބަނޑޮސް އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް19 ގެ އަލާމަތްތައް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް 19 ނުވަތަ ކޮރޯނާގެ އަލާމާތްތައް ފެނިފައިވާ މީހާ މިހާރު ހުރީ ހޯމް އައިސޮލޭޓް ކުރެވިފައި ކަމަށެވެ. އަދި އެ ރިސޯޓު ވަނީ މޮނިޓަރަށްގެ ހާލަަތަށް ގެނެވިފައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ޝެރަޓަން ފުލް މޫން ރިސޯޓުން މި ބައްޔަށް ޝައްކު ކުރެވޭ ބުދޭސީއެއްގެ ސާމްޕަލްސް ނަގާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ރިސޯޓުވެސް މިހާރު ދަނީ މޮނިޓާ ކުރަމުންނެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލޔވުމުގައި މި ބަލީގެ އަލާމާތްތައް ހުރި އިތުރު ކޭސްތަކުގެ މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ސަފާރީއެއްގައި ތިބި ދެ ގެސްތޭއްގެ ގައިން މި ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެ ދެމީހުން މިހާރު ތިބީ ސަފާރީގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.

ހަމައެއާއެކު ސިކްސް ސެންސް ލާމުން 4 ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އެ 4 މީހުންނަކީ އެމީހުން ތިބި ގައުމުން ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ކައިވެނީގެ ހަފްލާގައި މި ބައްޔަށް ޕޮޒިޓިވް ވި މީހާކު ހުރުމުން އެމީހާ އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ބ. ފެހެނދޫގެ ގެސްޓް ހައުސަކަށް އައި ފުތުރުވެރިއެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައިވާ ކަމަވެސް މަބްރޫކް ވިދާލުވިއެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.