ކޮރޯނާވައިރަހާ ގުޅިގެން އެމެެރިކާގައި ކުއްލި ހާތަލު އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެއެވެ. ވައިޓްހައުސްގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އެމެރިކާގެ އެކިއެކި ދާއިރާތަކުގެ ވެރިން ގެންދަވަނީ ކުއްލި ހާލަތަށް އެބޭފުޅެއްގެ ދާއިރާ ތައްޔާރަށް އޮތްކަމަށް ވިދާޅުވަމުންނެވެ.

ކޮރޯނާވައިރާ ގުޅިގެން އެމެރިކާގައި ކުއްލި ހާލަތު އިއުލާނު ކުރުމުން، އެމެރިކާއަށް އެތެރެވާ ހުރިހާ ދޮރާއްޓެއް ވަގުތީ ގޮތުން ބަންދުވާނެއެވެ. އަދި ކުއްލި ހާލަތުގައި ބޭނުން ކުރަން ހުންނަ 50 ބިލިއަން ޑޮލަރުގެ ރިލީފް ފަންޑު ބޭނުން ކުރެއްވުމުގެ ފުރުސަތުވެސް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެމެރިކާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެ ކުރިއެރުންތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި 5 މިލިއަން ޓެސްޓް ކިޓް އުފައްދާ ބޭނުން ކުރެވޭ ކަމަށެވެ. އަދި އެމެރިކާގެ އެތަން މިތާނގައި ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށާއި ފަސޭހަކަމާއި އަވަސް ކޮށް ޓެސްޓް ހެދޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެމެރިކާގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕްވެސް ކޮރޯނާވައިރަހަށް ޓެސްޓް ކުރުމާމެދު ވައިޓްހައުސްގެ އޮފިޝަލުން ދަނީ ސީރިއަސްކޮށް ވިސްނަމުންނެވެ.