ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި 220 ގެސްޓުން ފުރައިފިއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް އައި އިރު ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންގެ ތެރެއިން 220 މީޙުން ފުރާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ފުރާފައި ވަނީ 44 ފަތުރުވެރިންނެވެ. އިއްޔެ 69 ފަތުރުވެރިން ފުރާފައިވާ އިރު މިއަދު ފުރާފައިވަނީ 107 ފަތުރުވެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...