އެމެރިކާއަށް ޒިޔާރަތް ކުރައްވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ސަލާމަން ކުރެއްވުމަށްފަހު ގައުމަށް ވަޑައިގެން ހެއްދެވި ޓެސްޓުން ބްލެޒީލްގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމުގެ ހަމަރުތަކާއެކު، އެމެރިކާގެ ރައީސްް ކޮރޯނާވައިރަހަށް ޓެސްޓް ހެދުމާމެދު އޮފިޝަލުން ވިސްނަން ފަށައިފިއެވެ.

ވައިޓްހައުސްގެ އޮފިޝަލުންލާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ އެމެރިކާގެ ރައީސް އާއި ނަިއބު ރައީސްގެ ފަރާތްޕުޅުން ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ނަމަވެސް ބްރެޒީލްގެ ރައީސް ޕޮޒިޓިވް ވީ ޓްރަމްޕާ ސަލާމްކުރެއްވުމުން ކަމަށް ފެތުރިފައިވާ ހަބަރުތަކާއެކު ޓްރަމްޓް ޓެސްޓް ކުރުމަށް ސީރިއަސްކޮށް ވިސްނަމުން ދާ ކަމަށެވެ.

ޓްރަމްޕް ވަނީ އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި އެމެރިކާގެ އޮފިޝަލެއް ކަމުގައިވާ ބޮލްސެނާރޯ، ކަރަންޓީނަށް ވަޑައިެގންނެވި އިރު ސަލާމް ކުރައްވާފައެވެ. އަދި ޓްރަމްޕުގެ އަރިހުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރިދާނެ ކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ބުނެއެވެ.

ޓްރަމްޕުގެ ހާއްސަ އެހީތެރިންގެ ތެރޭގައި ކޮރޯނާވައިރަހުގެ ބިރު އޮތް އިރު ޓަރަމްޕަށް ވައިރަސް އަރާފައި ހުރެދާނެ ކަމުގެ ބިރު މިހާރުވަނީ ބޮޑުވެފައެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޕްރެސްކޮންފަރެންސެއް ބާއްވަވާނެކަމަށް ޓްރަމްޕްވެސް ވަނީ ވިދާޅުވެފައެވެ. މި ޕްރެސްކޮންފަރެންސް ރާއްޖޭ ގަޑިން ދަންވަރު 12:15 ގައި ބާއްވާނެކަންވެސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ.