އިސްލާމްދީނަށް ފުރައްސާރަ ކޮށްގެން ގދ. ތިނަދޫ ހައްޔަރުކުރި މުހައްމަދު ރުސްތަމް މުޖުތަބާ ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލުމަށް ތިނަދޫ ކޯޓުން އަމުރު ކުރީ އިއްޔެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރުސްތަމް ދޫކޮށްލީ އޭނާ ހައްޔަރުކުރީ ކުރީގެ ގާނޫނެއްގެ ދަށުން ކަމަށްވާތީއެވެ. އަދި އޭނާ ހައްޔަރުކުރިތާ ހަމަސް ދުވަހުގެ މުއްދަތު ހަމަވެ ކޯޓަށް ހާޒިރު ކުރުމަށް ގިނަ އަމުރުތަކެއް ވެސް ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރު ކޮށްފައި ނުވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން "ދަޕްރެސް"އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރުސްތަމް ބަންދުގައި ހުރިއިރު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ރުސްތަމް ކޯޓަށް ހާޒިރު ނުކުރި ސަބަބު އެނގޭނީ ކަރެކްޝަންސް އަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރުސްތަމް އަކީ ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތަކުގައި ދީނަށް ފުރައްސާރަ ކުރަމުން ގެންދާ މީހެކެވެ.
އޭނާ ދޫކޮށްލި މައްސަލައިގައި ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެއް އެއްޗެއް ބުނެފައި ނުވާއިރު، އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާ ދޫކޮށްލި މައްސަލައިގައި ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑިކިޔަމުންނެވެ.
ކަލޭ އެދެނީ ކާފަރެއްގެ ގޮތުގައި ދުނިއުޅެ މަރުވެގެން ދާން ކަމަށް ވާނަމަ އެކަމަކަށް ހުރަހެއް ނެތް އެކަމު މިރާއްޖޭގަ ހުރެ އިސްލާމްދީނަށް ފުރައްސާރަކޮށް ބޭނުންހާ ގޮތަކަށް އުޅުމުގެ ފުރުޞަތެއް ނުލިބޭނެ ތިހެން އުޅެވޭނެ ދޮންމީހުން ކައިރިއަށް ދޭ އެމީހިން ބުނާގޮތައް އުޅުނީމަ ރަނގަޅުވާނެ ކަމަށް ދެކޭނަމަ އެކަމަކަށް އެއްވެސް ހުރަހެއް ނެތް ބަލަ އަހަރެމެން އެހެން ދީންތަކަށް ޖޯކުޖަހައި ފުރައްސާރަ ކުރޭތަ މިގައުމުގަ އެހެން ގައުމުތަކުގެ ބުޑިސްޓުން ކްރިސްޓިއަނުން ހިންދޫންވެސް އެބައުޅޭ އެމީހުން ތިހެނެއްނޫޅެ ކީއްވެ ކަލޭމެން އެހެންނުވަނީ އެމީހުން މިތާ އުޅެ ރިޓަޔަރކޮށްގެން ކިތައް މީހުން އެމީހުންގެ ގައުމަށް އެދިޔައީ އަހަރެމެންނަށް ކިޔަވައިދިން ޓީޗަރުންނަކީ މުސްލިމުންނެއް ނޫން އެމީހުން ރޯދަނުހިފިޔަސް މިތާގެ ގާނޫނަށް ތަބައަވޭ ...
ދީނަށް ފުރައްސާރަ ކުރާ މީހަކު ނުތުހޭ ޒާތުގެ ވާހަކައެއް ބުނެފިއްޔާ އެ ބުނާ މީހަކު ވާނެ ހަރުކަށި ފިކުރުގެ މީހަކަށް ދެން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަކީ ހަރުކަށީގެ އިދިކޮޅު މަޑުކަށި މީހުންދޯ ބަލަ އިސްލާމްދީނަށް ފުރައްސާރަ ނުކުރިއަސް ކާފަރެއްގެ ގޮތުގައި ކަލެއަށް އުޅެވިދާނެ ދޯ މިސާލަކަށް ނުކައި ހުއްޓަސް ތިމައްނާ މިހުރީ ރޯދައަކަށް ނޫނޭ ހިތުނިޔަތް އޮތްނަމަ އޭނާގެ ރޯދައެއް ނޯއްނާނެ ހަމަ ކާފަރުވުން ވެސް އެފަދައިން ވާނީ...