ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޫގެ އަނބިކަނބަލުން ސޯފީ ގްރެގުއާއަށް ކޮރޯނާވަރަސް ޖެހިއްޖެއެވެ. ސޯފީއަށް ކޮރޯނާ ޖެހުމާ ގުޅިގެން ބޮޑުވަޒީރު މިހާރު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ނުވަތަ ސެފްލް އައޮސޮލޭޝަނުގައެވެ.

ސޯފީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވުމާއެކު މިހާރުވަނީ ކަރަންޓީން ކޮށްފައެވެ.

ހަބަރުތައް ބުނާ ގޮތުން ސޯފީގެ ކިބައިން ކޮރޯނާގެ އަލާމާތްތައް ފެންނަން ފެށީ ނިމިދިޔަ ހަފްތާގެ ބުދަދުވަހުއެވެ.

ބޮޑިވަޒީރުގެ އޮފީހުން ބުނެފވައިވާގޮތުގައި ކޮރޯނާވައިރަސްއަށް ސޯފީ ޕޮޒިޓިވް ވީ ބުދަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގައި އޮތް ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް ފަހުން ހުމާއި ރޯގާގެ އަލާމާތްތަކެއް ފެނުމަށް ފަހުއެވެ. އަދި އެ ޓެސްޓުން ދެއްކީ އެކަމަނާ ވައިރަހަށް ޕޮޒިޓިވް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފައެވެ.

މިއީ ދުނިޔޭގެ މަތީ ފެންވަރުގެ ވެރިންގެ ތެރެއިން ކޮރޯނާ ވައިރަސް ޕޮޒިޓިވް ވި ފުރަތަމަ ކޭސްއެވެ. ދެން މިފަދަ އެހެން ކޭސްއެއް ފެނިފައިވަނީ އެމެރިކާއާއި އީރާނުންނެގެ. އެމެރިކާއިން ފެނިފައިވާ ކޭސްގައި އެގައުމުގެ އިސް އޮފިޝަލަކު ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އަދި އެމެރިކާއަށް ޒިޔާރަތް ކުރި ބްރެޒީލްގެ އިސް އޮފިޝަލަކުވެސް ޕޮޒިޓިވެ ވެފައި ވެއެވެ. މީގެ އިތުރުން އީރާނުގެ ބައެއް އޮފިޝަލުންވެސް ޕޮސިޓިވެވެފައިވެއެވެ.