އާންނު ސިއްހަތު ރައްކާރިކުރުމުގެ ގާނޫނުގެ ދަށުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހަކު ނުވަތަ ހުރެދާނެ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކުރަންޖެހި އެކަމާ ދެކޮޅު ގަދާ ފަރާތްތައް ކޯޓު އަމުރެއްދެ ދަށުން ކަރަންޓީނު ކުރެވޭ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގިދާނެ އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ އެންގުމަށް ބޯލަނބަން ދެކޮޅުހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެކަމުގައި ފުލުހުންގެ އެހީތެރިކަންވެސް ހޯދިދާނެ ކަމަށްވެސް އެ ގާނޫނުގައިވެއެވެ.

އެ ގާނޫނުގެ ދަށުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި އުސޫލުގައި ވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުމެއް ނެތި އެ މައްސަލައިގައި އެދިފައިވާ އަމުރާ މެދު ގާޒީއަށް ގޮތެއް ނިންމިދާނެ ކަމަށެވެ.

ރާއްޖޭގައި މި އުސޫލު ތަންފީސު ކުރަން މިފެށީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާވައިރަސް ރާއްޖެއިން ފެނި އެކަމުގެ ނުރައްކާ ބޮޑުވަމުން ދިއުމާ، އެ ބަލި ފެތުރި ރާއްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ކަމަށް ބެލެވެއެވެ.