މާލޭގައި އަންހެން ދަރިއަކު މަންމައަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މި ހާދިސާއާ ގުޅޭ ވީޑިއޯ ވެސް ރޭ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
އެގޮތުން އެ ވީޑިއޯއިން ފެންނަނީ އަންހެނަކު އިތުރު އަންހެނަކަށް ހަމަލާ ދޭ މަންޒަރެވެ. އަންހެން މީހާ ހަމަލާ ދެނީ އޭނާގެ މަންމައަށްކަން އެ ވީޑިއޯގައި ދައްކާ ވާހަކައިން އެނގެއެވެ. އެ އަންހެން މީހާ ޕޭމަންޓު މަތީގައި ހުއްޓާ އެމީހާގެ ދަރި ފަހަތުން ގޮސް ފިހިގަނޑެއް ކަހަލަ އެއްޗަކުން އެމީހާގެ ބުރަކަށީގައި ތަޅަމުން ދިޔައެވެ.
އެ ހާދިސާ ހިނގާފައި ވަނީ ކަށިމާ ހިނގުމުގައެވެ.
ތިވާނީ ނަފްސާނީ ބައްޔަކަށް ބޭސް ކުރާ މީހަކަށް.