ރާއްޖެއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރީ މިރޭ ކުރި ޓްވީޓަނެވެ. އެ ޓްވީޓުގައި ބުނީ ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓުކުރި ތިން މީހުންގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

އެޗްޕީއޭން ބުނީ، މި ތިން މީހުންގެ ތެރެއިން ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެކަކު ނެގެޓިވް ވެފައިވާ ކަމަށެވެ. އެ އެޖެންސީން އިތުރަށް ބުނީ މި ހާލަތު ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

މިރޭ ޕޮޒިޓިވްވެފައިވާ ދެ މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭން ބުނެއެވެ.

މިރޭ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު ރޭ ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުން މި ބައްޔަށް ޕޮޒިޓިވްވެ އެކަން އިއުލާނު ކޮށްފައެވެ. އެހެންކަމުން މިހާރު ޖުމްލަ 4 މީހުން މި ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.