ކައްކާ އިރު "މުޅި ގޭތެރެ އެއްވަސް ކޮށްލައި" ޝަކުވާ ކުރަނީ ކިތައް މީހުން ހެއްޔެވެ. ނޫނީ ކައްކާ އެއްޗަކުން އަރާ އާވި ދިލައަކުން ކޮށިއަރާ، ކެއްސާ، ލޮލުން ކަރުނަ އަންނާތީ ގޮގްލްސް އަޅައިގެން ތިބެން ޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ. ހަމައެއާއެކު ކައްކާއިރު ދުވާ ވަހާއި އަރާ ދުމުގެ އުނދަގޫތަކުގެ ސަބަބުން ބަންޑުންކޮށްލައި ޝަކުވާތަކާ ހުރެ ކައްކަން ފޫހިވަނީ ކިތައް އަންހެނުން ހެއްޔެވެ.

އެކަމަށް ހައްލެއް ހޯދުމަށް އެކްޒޯސް އޮން ކުރުމާއި ގޭގައި ޖަހާފައި ހުންނަ ފަންކާ ނިއްވާލައިގެން ހޫނުގައި ދަލުން ތެމިފޯވުމުގެ އިތުރުން ކުޑަދޮރުތައް ހުޅުވާ ވަސް ބޭރުކުރަން މަސައްކަތްކޮށް ވަރުބަލިވެފައި ވަނީ ކިތައް ދިވެހިން ހެއްޔެވެ. މިއީ ގިނަ ގެތަކުގެ ހާލަތެވެ. ކުދި ގެތަކުގައި މިކަން ވަނީ ޒުވާބު ކުރަންޖެހޭވަރުގެ މައްސަލަތަކަށް ވެފައެވެ.

ނަމަވެސް ދެން ޝަކުވާ އުފުލާ ޒުވާބު ކުރާކަށް ނުޖެހޭނެއެވެ. ލޮލުން އާވިއަރާ ކަރުނަ ހުސްކުރާކަށްވެސް ނުޖެހޭނެއެވެ. މިކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެސްޓްރަބޮން އިން މިވަނީ ހާއްސަ ޕްރޮޑަކްޓެއް ތައާރަފް ކޮށްފައެވެ. ކައްކާ އިރު އަރާ ދުމާއި ވަހުން ސަލާމަތް ކޮށްދޭ ވަސީލަތްތަކެއް ހިމެނިފައިވާ މި ޕްރޮޑަކްޓަކީ ކެއްކުމަށް ލޯބިކުރާ މީހުންނަށް ޖަވާހިރެކެވެ. މި ޕްރޮޑަކްޓުން ކައްކާ މިހާއަށް ލިބޭ ފަސޭހަތަކުން މީ ނުގަނެ ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ.

މަތިޖެހޭ ތެއްޔެއް ގޮތަށް ހުރި ނަމަވެސް މި ތެލީގައި ކައްކާއިރު އަރާ ވަހާއި ދުމުން މާހައުލު ސާފުކޮށްދޭ ފީޗާއެއް ހިމެނެއެވެ. އަދި ކައްކާ ވަގުތު ފުލުގައި ޖެހިދާނެތީ ދޭފަތުން "ހަލުވާލަ ހަލުވާލަ" ކައިރީގައި ކޮޅަށް ހުންނާކަށް ނުޖެހެއެވެ. އެ ތެލީގައި ކާތަކެތި މިކްސް ކުރެވޭ ގޮތަށް ފަރުމާކޮށްފައި ވުމުން އެ ލިބުނީވެސް ހާދަބޮޑު ފަސޭހައެއް ނޫންހެއްޔެވެ. ކެކޭ ވަގުތު ތެލިން ބޭރަށް ބުރައިގެންދާ ތެޔޮ ތިކިތިއްކާއި އާވިން ފައިބާ ފެންތަކުން އުނދުންމަތި ހަރާބުވާތީވެސް އުޅޭކަށް ނުޖެހެއެވެ.

https://youtu.be/bx84doYbjNI

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެސްޓްރަބޮނުން ބުނީ، ލޭމްޕްކުކް ނަމަކަށް ކިޔާ މި ޕްރޮޑަކްޓަކީ ތޮށްޖެހިގެން ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅޭ ފަރާތްތަަކަށް ހާއްސަކޮށްގެން ގެނެސް ވިއްކާ ޕްރޮޑަކްޓެއް ކަމަށެވެ. ސައުތް ކޮރެއާގެ އުފެއްދުމެއް ކަމަށްވާ ލޭމްޕް ކުކް އަކީ "ނޮން ސްޓީކީ" ޕްރޮޑަކްޓެއް ކަމަށާއި މިއީ ދިވެހިންނަށް ވަރަށް ކަމުދާނެ އެއްޗެއް ކަމަށް އެފަރާތުން ބުނެއެވެ.

ހަަމައެއާއެކު މި ޕްރޮޑަކްޓް ވިއްކާއިރު އެއް އަހަރު ދުވަހުގެ ވޮރެންޓީއެއް ކަސްޓަމަރުންނަށް ދޭނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.

https://www.facebook.com/astrabon/videos/1461961770651116/

ހަަމައެއާއެކު ބަދިގެ ހަޑިނުކޮށް ފަސޭހަކަމާއެކު ދެފުށުން ފިހެލެވޭ ގޮތަށް ބޯކިބާ އެޅުމަށް "ހެޕީކޯލް" ތަވާ އަކީވެސް އެސްޓްރަބޮންއިން ވިއްކާ ޕްރޮޑަކްޓެކެވެ. ހެޕީކޯލްގައި ބޯކިބާ ނޫނަސް ބައިވަރު ކާނާ ތައްޔާރު ކުރެވިދާނެއެވެ. އެގޮތުން މަސްރޮށި، ކޭކް، ޕޮޕްކޯން، އަދި މަސްވެސް ފިހެވޭނެއެވެ. އަދި މި ޕްރޮޑަކްޓަކީ ފަސޭހައިން ސާފުކޮށްލެވޭ ޕްރޮޑަކްޓެއްވެސް މެއެވެ.

ރާއްޖޭގައި ހެޕީކޯލްގެ "އޮރިޖިނަލް" ހޯދަން ބޭނުން ނަމަ ދާން ޖެހޭނީ އެސްޓަރަބޮން އަށެވެ.