ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި ކުރަމުން އަންނަ "ގުނޫތު ނާޒިލާ" މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު މިގޮތަށް ނިންމާފައި މިވަނީ ރާއްޖޭގައި ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެ، ޝައްކުވާ އިތުރު މީހުން ފެންނަމުން ދާތީއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވަނީ ކޮރޯނާ ޓާސްކްފޯސްއިން ބުނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު 2 މުވައްޒަފުންނެވެ.