ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ އެކު، މިއަހަރުގެ ފުރަތަމަ 2 މަސް ދުވަހުގެ ތެރޭގައި ޗައިނާއިން މުދާ އެކްސްޕޯޓް މިންވަރު، ރެކޯޑް މިންވަރަށް ދަށަށް ގޮސްފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.
ކޮވިޑް-19އާއިއެކު ދުނިޔޭގެ މުދާ ސަޕްލައި ޗޭނަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، ޗައިނާއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 17.2 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހަށްފަހު މިއަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
2019 ވަނަ އަހަރުގެ ފެބުރުވަރީ މަހަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާއާއި، އެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއާ ދެމެދު ވިޔަފާރިއާއި އިގުތިސޯދުގެ ވަރުގަދަ ހަނގުރާމައެއް ކުރި ދުވަސްވަރެކެވެ.
ޗައިނާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމަށް މުދާ އިމްޕޯޓްކުރި މިންވަރުވެސް މިއަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައިވަނީ 4 ޕަސެންޓް ދަށަށް ގޮސްފައެވެ.
އިގުތިސޯދީ މާހިރުންގެ މެދުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭ ބުނި ގޮތުގައި ކޮވިޑް-19އާއި ގުޅިގެން ޗައިނާއިން މުދާ ބޭރު ކުރި މިންވަރު ދަށަށް ދާނެ ކަމަށް ބެލެވުނީ 16.2 ޕަސެންޓްއަށްވުރެ ދަށް ނުވާނެ ކަމަށެވެ. އަދި އެގައުމަށް މުދާ އެތެރެކުރާ މިންވަރު 16.1 ޕަސެންޓްއަށް ދަށަށް ދާނެ ކަމަށްވެސް އޮތީ ލަފާކޮށްފައެވެ.
ޗައިނާއާއި އެމެރިކާގެ ވާދަވެރި އިގުތިސޯދީ މަސްރަހަށް ބަލާއިރު ކޮވިޑް-19ގެ ފެށުމާ ހަމައަށްހެން ފައިދާ ބޮޑީ ޗައިނާއަށެވެ. ނަމަވެސް ކޮވިޑް-19އާއިއެކު ޗައިނާގެ އިގުތިސޯދީ ބާރަށް އައި ހުއްޓުމާއެކު މި ފަރަގު ވަނީ ސާޅީސް ޕަސެންޓް ކުޑަވެފައެވެ. އެގޮތުން އެމެރިކާއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރު 42 ބިލިއަން ޑޮލަރުގެ ގަނެވިއްކުމުގެ ވިޔަފާރީގެ ފަރަގު މިހާރު ވަނީ 25.4 ބިލިއަން ޑޮލަރަށް ކުޑަވެފައެވެ.
ގަނެވިއްކުމުގެ ވިޔަފާރީގެ އިތުރުން ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާއަތަށްވެސް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ.
ހީ ކޮށް ޔަގީން ކުރި ގޮތައް