ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް 19 އާ ގުޅިގެން ދިރާގު މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މުބާރާތް ފަސްކޮށްފިއެވެ.

ދިރާގުން ބުނީ އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނާގުޅިގެން އެ މުބާރާތް ފަސްކޮށްފައިވާ ކަމަށާއި ހެލްތް މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.

ދިިރާގުން އެ މުބާރާތް މެދުކަނޑާލަން އިއުލާން ކޮށްފައި ވަނީ ކޮވިޑް 19 އާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތަށް މެދުކަނޑާލުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލުތަކަށް އަންގައިފައިވާ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެއިން ދެށިގެން އަންނަ މާޗް މޭ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ސްކޫލުތަކުގެ އިތުރު ހަރަކާތްތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ހިމަބިހި ފެތުރެމުންދާތީ ކޮވިޑް 19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ދަރިވަރުން އެ ބަލިން ރައްކާތެރި ކުރުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އެޗްޕީއޭގެ ކޮވިޑް 19 ޓިމާއި މީސެލްސް ޓީމުން ވަނީ އިތުރު ހަރަކާތްތަށް މަޑުޖައްސާލާފައި ކަމަށެވެ.

ދިރާގާއި ބައިކްމޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތް، މިއަހަރު މާރިޗު 14 ގައި ބާއްވާކަން އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހެވެ.