17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އިއްޔެއިން ފެށިގެން އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ދެކުނުގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަ ހުށްހަޅާފައި ވަނީ މިދިޔަ ހޯމާ ދުވަހުގެ ރެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޯޓު އަމުރެއްގެ ދަށުން އިއް އެ މީހާގެ ބަންދު ޖަހާފައިވާއިރު، މި މަހު އުމުރުން 15 އަހަރުގެ ކުއްޖަކަށް ރޭޕް ކުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގު ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރުމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ.