މާދަރީ ބަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

މާދަރީ ބަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމުގެ ގޮތުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާ ކަމެއްގައި ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށެވެ.

މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގައިވެސް މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ކޮންމެ އަހަރަކުވެސް އިސްކޫލުތަކުގައްޔާއި، ތައުލީމީ އެހެން އިދާރަތަކުގައި އެކި ހަރަކާތްތައް ހިންގައެވެ. އަދި ދިވެހިބަހުގެ އެކަޑެމީންވެސް ތަފާތު ހަރަކާތްތައް ހިންގައެވެ.

މާދަރީ ބަހުގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ.