15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގު ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރުމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން، މިިދޔަ ޖެނުއަރީ މަސްތެރޭގައި ވަނީ 14 އަހަރުގެ ދެކުދިން ރޭޕް ކުރި ދެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައެވެ.

މިފަދަ މައްސަލަތައް ރިޕޯޓް ކުރުން ގިނަވެފައި މިވަނީ އުމުރުން އެންމެ ދެއަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ ހޫނުވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޛާގެ ބައްޕަވަނީ އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށޤފަހު ދޫކޮށްލާފައެވެ.